ރިޔާސީ ރޭހުން ދުރަށް ވަޑައިގެން، ބައިޑްން ކާމަލާ ހެރިސްއަށް ތާއީދު ކުރައްވަން ނިންމަވައިފި

ރިޔާސީ ރޭހުން ދުރަށް ވަޑައިގެން، ބައިޑްން ކާމަލާ ހެރިސްއަށް ތާއީދު ކުރައްވަން ނިންމަވައިފި

އަންނަ ނޮވެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކު ނުކުރައްވަން ނިންމަވާ، އެމެރިކަގެ ރައީސް ޖޯ ބައިޑްން، ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ނާއިބު ރައީސާ ކާމަލާ ހެރިސްއަށް ތާއީދު ކުރައްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވައިފިއެވެ.

ބައިޑް ރިޔާސީ ރޭހުން ވަކިވެވަޑައިގަތީ، އޭނާގެ އުމުރުގެ ގޮތުންނާއި އަދި ސިއްހީ ހާލަތަށް ބަލާ އެމެރިކާގެ ރައީސްކަމަށް ބައިޑްންގެ އެކަށީގެން ނުވާކަމަށް ނިންމާ، ރިޔާސީ ރޭހުން ދުރަށް ވަޑައިގަތުމަށް ބައިޑްން ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ ގިނަ އިސް ފަރާތްތަކުން އިލްތިމާސް ކުރައްވަމުން ގެންދަވަނިކޮށެވެ.

އެހެންނަމަވެސް ފާއިތުވި 3 ހަފްތާވަންދެން ބައިޑްން ވިދާޅުވަމުން ގެންދަވާފައިވަނީ، ޕާޓީގެ އިސް ބޭފުޅުންގެ ޑިމާންތަކާއެކުވެސް ރޭހުން ދުވަޑައި ނުގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް އެންމެ ފަހުން ބައިޑްން ރިޔާސީ ރޭހުން ދުރަށް ވަޑައިގަންނަވަން ނިންމެވިކަން އިއުލާން ކުރައްވާފައިވަނީ، ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެމްޕޭނަށް ޚަރަދުކުރާ ފަރާތްތަކުންވެސް ބައިޑްންއަށް ތާއީދު ނުކުރައްވާނެކަން ހާމަކުރައްވަން ފައްޓަވާފަ ވަނިކޮށެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމެވިކަން އިއުލާން ކުރައްވާ އާންމު ކުރެއްވި ސިޓީގައި ބައިޑްން ވިދާޅުވެފައިވަނީ، އޭނާ ރިޔާސީ ރޭހުން ދުރަށް ވަޑައިގަންނަވަނީ އެއީ އެމެރިކާއަށާއި އެގައުމުގެ ރައްޔިތުންނަށް އެންމެ ރަގަޅު ގޮތްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރިޔާސީ ރޭހުން ދުރަށް ވަޑައިގެންނެވިއިރު، ބައިޑްން މިހާރު ހުންނެވީ ކޯވިޑަށް ޕޮޒިޓިވްވެ، އައިސޮލޭޝަންގައެވެ. ބައިޑްން ވިދާޅުވެފައިވަނީ އަންނަ ހަފްތާގައި ގާއުމާ މުޚާތަބްކޮށް ވާހަކަ ދައްކަވާނެކަމަށެވެ.

މީގެ ކުރިންވެސް ދެ ފަހަރެއްގެމަތިން ބައިޑްންވަނީ ރިޔާސީ ރޭހުގައި ވާދަކުރައްވަން ނިންމަވާ، ނިންމެވުން އަނބުރާ ގެންދަވާފައެވެ.

ބައިޑްން ރިޔާސީ ރޭހުން ދުރަށް ވަޑައިގެން، ނާއިބު ރައީސާ ކާމަލާ ހެރިސްއަށް ތާއީދު ކުރައްވަން ނިންމެވިނަމަވެސް، ޑިމޮކްރެޓިކް ޕާޓީން ރިޔަސީ ޓިކެޓް ހަވާލުކުރާނީ ކޮންބޭފުޅަކަށްކަން އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *