ޚިދުމަތްތަކަށް ފަސޭހަ ކުރުމަށް ޗެޓްބޮޓް "މިތުރު" ތަޢާރަފުކޮށްފި

ޚިދުމަތްތަކަށް ފަސޭހަ ކުރުމަށް ޗެޓްބޮޓް "މިތުރު" ތަޢާރަފުކޮށްފި

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 04:41
0

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން އެކި ކަންކަމުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމަށްޓަކާ ޗެޓްބޮޓެއް އެކޯޕަރޭޝަނުން ތަޢާރަފުކޮށްފިއެވެ.

އެޗް.ޑީ.ސީން ތަޢާރަފުކުރި މި ޗެޓްބޮޓަށް ދީފައިވަނީ "މިތުރު" މި ނަމެވެ. މި ޗެޓްބޮޓް ތަޢާރަފުކޮށްދެއްވާފައިވަނީ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަޙްމަދެވެ.
މި ޗެޓްބޮޓާއެކު ފޭސްބުކް މެސެންޖަރ އަދި އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި، ކޯޕަރޭޝަނާގުޅޭ މަޢުލޫމާތު ވީހާވެސް ފަސޭހައިން ފޯރުކޮށްދެވިގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި އެޗް.ޑީ.ސީއާއި އާއްމު ރައްޔިތުންނާމެދު އޮންނަ ގުޅުން ރަނގަޅުކޮށް މަޢުލޫމާތު ދިނުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހުށަހެޅޭ މައްސަލަތަކަށް ވީހާވެސް އަވަހަށް ޖަވާބުދާރީވުމަށް "މިތުރު" ވެގެންދާނީ އެޅޭ މުހިއްމު ފިޔަވަޅަކަށް ކަމަށްވެސް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި ޗެޓްބޮޓް މެދުވެރިކޮށް ފޭސްބުކް މެސެންޖަރއިންނާއި އެޗް.ޑީ.ސީގެ ވެބްސައިޓުން އެކި ޚިދުމަތްތަކަށް އެދުމާއި، ޚިދުމަތް ހޯދުމުގައި އަމަލުކުރަންވީގޮތް ކިޔައިދޭނެއެވެ. އަދި ހުޅުމާލޭގައި އިންވެސްޓަރުންނަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތާއި، ހުޅުމާލޭގެ ޗާޓުފަދަ ތަކެތި ފަސޭހައިން ބަލާލެވޭނެކަމަށްވެސް އެކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، "މިތުރު" ޗެޓްބޮޓުގެ ޚިދުމަތުގައި ދިމާވާ މައްސަލަތައް ބަލާ އިތުރު މަޢުލޫމާތު ހިމެނުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.