ބުރޫނާއިގެ ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީއިން ތަމްރީން ހޯދުމަށް 20 އިމާމަކު މިމަހު ފުރާނެ

ބުރޫނާއިގެ ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީއިން ތަމްރީން ހޯދުމަށް 20 އިމާމަކު މިމަހު ފުރާނެ

Author
ޙަސަން މުޙައްމަދު
02 ޖުލައި 2024 10:14
0

ބުރޫނާއި ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީއިން ތަމްރީން ހޯދުމަށް 20 އިމާމަކު މިމަހު 15ގައި ފުރާނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ރަސްކީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެ 20 އިމާމުން ފުރާނީ މި މަހު 15 ގަ އެވެ.

"މި ތަމްރީނު ޕްރޮގްރާމް އޮންނާނީ ބުރޫނާއި ގެ ޤައުމީ އިސްލާމީ ޔުނިވަރސިޓީ، ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީގައި،" މިނިސްޓަރު ޝަހީމް ލިޔުއްވާފައިވެ އެވެ.

ދިވެހި އިމާމުންނަށް ތަޖުރިބާއާއި ތަމްރީން ދިނުމަށް ބްރޫނާއީގެ އިތުރުން ސައުދީ އަރަބިއްޔާއާއި، މިސްރު، މެލޭޝިއާ، އަދި އިންޑޮނޭޝިއާއިން މި އަހަރު ދަތުރުތަކެއް ހަމަޖެހިފައިވާ ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.

އެ ގޮތުން މި އަހަރު އިމާމުންގެ ދެ ބެޗެއް ސައުދީއަށް ފޮނުވައި ތަމްރީން ފޯރުކޮށްދީފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.