އެޗްޑީސީގެ ޑޭޓާ ބޭސްއެއް ހެކްކުރި މައްސަލައެއް ބަލަނީ

އެޗްޑީސީގެ ޑޭޓާ ބޭސްއެއް ހެކްކުރި މައްސަލައެއް ބަލަނީ

Author
އަހުމަދު
30 ޖޫން 2024 10:15
0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓާމަރުންނާ ގުޅޭ ޑޭޓާ ބޭސްއެއް ހެކްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެޗްޑީސީގެ ކަސްޓަމާ ޑޭޓާ ބޭސް ހެކްކުރި ކަމަށް ބުނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ކަސްޓަމަރުންގެ މައުލޫމާތުތައް ކަމަށް ބުނާ ސްކްރީން ޝޮޓްތަކެއް މިއަދު ވަނީ ދައުރުވެފައެވެ. އެކަމާ ގުޅޭ ގޮތުން އެޗްޑީސީން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މިކަމާ ގުޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.