ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒު ސަސްޕެންޑްކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒު ސަސްޕެންޑްކޮށްފި

Author
އަހުމަދު
27 ޖޫން 2024 07:06
0

ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް ސަސްޕެންޑްކޮށްފިއެވެ.

މި ފަހަކާ ޖެހެންދެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ރަމީޒް ސަސްޕެންޑް ކުރިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. އެކަމަކު، އޭނާ ސަސްޕެންޑް ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ އޮފީހުން ނުބުނެއެވެ.

ރަމީޒް ސަސްޕެންޑްކޮށްފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމަންޓްގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް، ރައީސް މުއިއްޒާ "ގާތްވުމަށް" ސިހުރު ހެދިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނިކޮށެވެ. ޝަމްނާޒްއާ އެކުގައި އިތުރު ދެ މީހަކު ވެސް ހައްޔަރު ކުރިއެވެ.

އެކަމަކު، އެމީހުންގެ ތެރޭގައި ރަމީޒެއް ނުހިމެނެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ޝަމްނާޒް ފުރަތަމަ ހުންނެވީ މުލިއާގޭގެ މަގާމެއްގައެވެ.

ސިހުރު ހެދި މައްސަލައިގައި ޝަމްނާޒް ކޯޓަށް ހާޒިރުކުރުމުން އޭނާ ހަތް ދުވަސް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޝަމްނާޒް ހައްޔަރުކުރުމުގެ ކުރިން، އޭނާ ރަމީޒު ދިރިއުޅެމުންދިޔަ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށް، ފުލުހުން އެ ގެއިން ބައެއް ސާމާނު ގެންގޮސްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.