ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދުގައި ހުރި ހަޓުތައް އެޗްޑީސީން ނަގަން ފަށައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަ ކުރެއްވި ގޮތުގައި ހަޓުތައް އެ ކޯޕަރޭޝަނުން ނަގަން ފަށާފައިވަނީ، ހަޓުތައް ނެގުމަށް ދިން މުއްދަތު ހަމަވުމުންނެވެ.
އެއެޗްޑީސީން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހަޓުތައް ނެގުމަށް މުއްދަތު ދިން ނަމަވެސް، މުއްދަތު ހަމަވި އިރުވެސް ގިނަ ހަޓުތައް ނަގާފައި ނުވާކަން އެޗްޑީސީން ވަނީ ފާހަގަކުރައްވާފައެވެ.
ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައި ހުރި ހުރިހާ ހަޓުތައް ނެގުމަށް އެޗްޑީސީން އަންގާފައިވަނީ އެ ސަރަހައްދު ތަރައްގީ ކުރުމަށެވެ.
އެ ސަރަހައްދު ތަރައްގީކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން އެ ސަރަހައްދު ވިޔަފާރިތަކަށް އަލުން ހުޅުވާލުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ