މަސްވެެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން: ޑރ.ޖަމީލް

މަސްވެެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން: ޑރ.ޖަމީލް

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2020 11:31
0

ރާއްޖޭގެ މަސްވެރިން މިއަދު ނިކަމެތިވެ، މަސްވެރިންބާނާ މަހަށް ހަމައަގު ނުލިބި ހާލުގައި ޖެހިފައިވަނީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ މަސްވެރިން މިއަދު ފެލިވަރު ފަޅުތެރޭގައި ކުރަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ މިއަދު މިހުރިހާކަމެއް ރައްޔިތުންނާއި ކުރިމަތިވަމުންދަނީ އިޤްތިޞާދު ހިންގުމުގެ އެއްވެސް ތަޖުރިބާއެއްނެތް ބަޔަކާއި ވެރިކަން ހަވާލު ވުމުންކަމަށެވެ. ރާއްޖޭގެ އިޤްތިޞާދުގެ އެންމެބޮޑު ބައެއް ހިއްސާ ކުރަނީ މަސްވެރިންނަށްވާއިރު، މަސްވެރިން ނިކަމެތިވުމަކީ ރާއްޖޭގެ އެތައް ރައްޔިތުންނެތް ނިކަމެތިވެ ހާލުގައި ޖެހިގެންދާނެ ކަމެއްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވިދާޅުވީ ރައްޔިތުންނަށް މިއަދު ކުރިމަތިވަމުންދާ ދަތި އުދަގޫ ކަންތައްތަކުން އަރައިގަނެވޭނީ ކަންކަން ކުރަން އެގޭ އެކަމުގެ ނަތީޖާ ނެރަފައިވާ ބަޔަކަށް ޤައުމުގެ ހިންގުން ލިބިގެންކަމަށެވެ. އެކަން ކުރެވޭނީ ވޯޓުންކަމަށާއި، ރައްޔިތުންނަށް މިސަރުކާރާއި ދެކޮޅަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީވެސް ވޯޓު ކަމުގައި ޑރ.ޖަމީލް ވިދާޅުވިއެވެ.

މަސްވެެރިން ނިކަމެތިވީ ޕީޕީއެމްގެ ސިޔާސީ ބާރު ގެއްލުމުން. އިޤްތިޞާދަށް ވާނުވާ ނޭނގޭ ބަޔަކަށް މަސްވެރިންގެ މައްސަލަތައް ހައްލުނުކުރެވޭނެ. މަސްވެރިން ހާލުގައި ޖެހުމަކީ ޤައުމަށް ލިބޭ އެންމެ ބޮޑު ގެއްލުން. ހުރިހާ ބާރެއް ލިބުމުން ހަމަ އަގު ނުދިން. ހައްލަކީ ވޯޓުން ސަރުކާރު ބަލިކުރުން.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ފެލިވަރުގެ ކުރިއަށްދާ އިހުތިޖާޖުތަކުގައި މަސްވެރިން ދަނީ އެމީހުންގެ ޝުޢޫރުފާޅުކޮށް، އަޑުއުފުލަމުންނެވެ. އަދި މިފްކޯގެ ހިންގުމާއި ހަވާލުވެ ތިއްބެވި ވެރިންނާއި ބައްދަލު ކުރުމަށް މަސްވެރިން މަސައްކަތް ކުރި ނަމަވެސް ފުލުހުންވަނީ ފެލިވަރުގެ ތެރެއަަށް މަސްވެރިންނަށް ނޭރޭނެގެން ޖެޓީގެ މެދާއި ހިސާބުން ޓޭޕް ދަމައި ބަންދުކޮށްފައެވެ. މަސްވެރިން ގޮވާލަމުންދަނީ ރައީސް ޞާލިހު އެމީހުންނާއި ބައްދަލުކޮށް، އެމީހުންގެ ޝުޢޫރު އަޑު އަހައި މައްސަލަތަކަށް ހައްލު ގެނައުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.