ސްޓްރެޓީޖިކް ކަންކަމާމެދު މަޝްވަރާކުރުމަށް އެސްޓީއޯއިން ހިއްސާދާރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވަނީ

ސްޓްރެޓީޖިކް ކަންކަމާމެދު މަޝްވަރާކުރުމަށް އެސްޓީއޯއިން ހިއްސާދާރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވަނީ

Author
ޙަސަން މުޙައްމަދު
04 ޖޫން 2024 06:39
0

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯ ހިއްސާދާރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުވުމަކީ ކުންފުނީގެ ހިއްސާދާރުންނާއެކު ކުންފުނީގެ ސްޓްރެޓީޖިކް ކަންކަމާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. މީގެ އިތުރުން އެސްޓީއޯގެ އަހަރީ ރިޕޯޓު ޕަބްލިޝްކުރުމާއި އަހަރީ އާންމު ޖަލްސާއަށް ވަމުންދާ ތައްޔާރީތައް ހިއްސާދާރުންނަށް މި ބައްދަލުވުމުގައި ހުށައަޅާނެއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 8 ޖޫން ގެ 11:00 ގައެވެ. ބައްދަލުވުން ބާއްވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ގާއިމްކޮށްފައި ހުންނަ އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓްގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން ޕޯޓަލް މެދުވެރިކޮށް ޖޫން 7ގެ 11:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް އެސްޓީއޯއިން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.