ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ އުޅަނދުތައް ނެގުމަށް އަންގައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ އުޅަނދުތައް ނެގުމަށް އަންގައިފި

Author
ހުސެއިން
25 މެއި 2024 10:22
0

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ނެގުމަށް އެންގީ ދެވަނަ ފިޔަވަހިން ބިން ހިއްކާ ސަރައްހައްދަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ގެއްލުން ލިބި ނުރައްކާތެރި ހާދިސާތަކެއް ދިމާވެފައިވާތީ ކަމަށެވެ.

މިގޮތުން، ކުރިއަށް އޮތް ތަނުގައި، އެފަދަ ހާދިސާއަކުން ރައްކާތެރިވުމަށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އަދި އެ މުއްދަތުގެ ފަހުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި އުޅަނދުތައް އެޅުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.