ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ އިލްމެއް ހޯދައިދިނުމަށް މައިންބަފައިން އެހީތެރިވެދޭން ޖެހޭ: ޚުޡުބާ

ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ އިލްމެއް ހޯދައިދިނުމަށް މައިންބަފައިން އެހީތެރިވެދޭން ޖެހޭ: ޚުޡުބާ

Author
ހުސެއިން
24 މެއި 2024 01:17
0

ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ އިލްމެއް ހޯދައިދިނުމަށް މައިންބަފައިން އެހީތެރިވެދޭން ޖެހޭ ކަމުގައި މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"ދިރާސީ އައު އަހަރު – ތަޢުލީމު" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދު ހުކުރު ޚުޡުބާގައިވަނީ މިފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނާއި ބެލެނެވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި ދުއާ ދެންނެވުމަށް އިލްތިމާސް ކޮށްފައެވެ.

އަދި އެފަދައިން ގަދައަޅާ މަސައްކަތްކޮށް އެ ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ އިލްމު ހޯދައިދިނުމަށް އެހީތެރިވެދިނުމަށްވެސް ޚުޡުބާގައިވަނީ ގޮވާލައްވާފައެވެ.

އެކުދީންނަކީ އަޚްލާގު ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނެވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވާށެވެ! އެ ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ޙައްގުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބަލާށެވެ!

މިއަދުގެ ޚުޡުބާގައި ވިދާޅުވެފައިވެއެވެ.

އަދު ޚުޡުބާގައިވަނީ މާދަމާގެ ވަޙްދަތު ޙިމާޔަތްކޮށް، ގައުމުގެ ބަހާތައް ނެގެހެއްޓުމަށް ދަރިވަރުންނަށްވެސް ގޮވާލައްވާފައެވެ.

ތިޔަ ދަރިވަރުންންގެ އުމުރުގައި ބަރަކާތްލައްވައި އިލްމުވެރި މޮޅު ދަރިންތަކަކަށް ވާނީ، އެކަލާނގެ އެންގެވި ގޮތަށް އަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތާ، މުދައްރިސުންނަށް އިޙްތިރާމްކޮށް، ޢިލްމު ހޯދުމަށް ގަދައަަޅައި މަސައްކަތްކޮށްގެންކަން ދަންނާށެވެ! މަދުރަސީ މަރުޙަލާއަކީ، އެމަރުޙަލާއެއް ނިމި ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ މަރުހަލާއެއް ނޫންކަން ދަންނާށެވެ! އެ މަރުހަލާގައި ކިޔަވައިދޭތަކެތި ރަނގަޅަށް ފުހުމްވުމަކީ ވަރަށް މުހިންމުކަމެއްކަން ދަންނާށެވެ!

ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.