ފޭސް ދޭއްގެ ބީޗުގައި ހުރި ހަޓުތައް ނެގުމަށް އެންމެ ފަހުގެ ތާރީޚަކީ ޖޫން 15

ފޭސް ދޭއްގެ ބީޗުގައި ހުރި ހަޓުތައް ނެގުމަށް އެންމެ ފަހުގެ ތާރީޚަކީ ޖޫން 15

Author
ޙަސަން މުޙައްމަދު
22 މެއި 2024 09:07
0

ހުޅުމާލެ ފޭސް ދޭއްގެ ތިންވަނަ ރުއްގަނޑުގެ ބީޗު ސަރަހައްދުގައި، އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި ބަހައްޓާފައިވާ ތަކެތި ޖޫން 15 ގެ ކުރިން ނަގަން އެޗްޑީސީން އެ ފަރާތްތަކަށް އަންގައިފިއެވެ.

ހަޓުތައް ނަގަން އެޗްޑީސީން އަންގަމުން މި ދަނީ އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށެވެ.

އެ ކުންފުނިން މިއަދު ބުނީ ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރި ކުރަމުން ދާތީ، އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި ގިނަ މީހުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް ނިންމީ ކަމަށެވެ.

ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.