ހެލިކޮޕްޓަރ ވެއްޓުމުގެ ހާދިސާގައި އިރާނުގެ ރައީސް އަވަހާރަވެފައިވާކަން އިރާނުގެ ރަސްމީ މީޑިއާއިން ޔަގީން ކޮންދީފި

ހެލިކޮޕްޓަރ ވެއްޓުމުގެ ހާދިސާގައި އިރާނުގެ ރައީސް އަވަހާރަވެފައިވާކަން އިރާނުގެ ރަސްމީ މީޑިއާއިން ޔަގީން ކޮންދީފި

ގުޅުންހުރި

އިރާނުގެ ރައީސާއި ފޮރިން މިނިސްޓަރ ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓި، ދެބޭފުޅުންވެސް އަވަހާރަވެފައިވާކަމަށް އިރާނުގެ ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީން ޔަގީން ކޮށްދީފިއެވެ.

އުމުރުން 63 އަހަރުގެ ރައީސް އިބުރާހިމް ރައީސީއާއި އެގައުމުގެ ޚާރިޖީ ވަޒީރު އަމީރުއަބުދުﷲއަން އިންނެވި ހެލިކޮޕްޓަރ ވެއްޓިފައިވަނީ އާޒަބައިޖާނުގެ އިރުމަތީގައިވާ، އިރާނުގެ ފަރުބަދަމަތީ ސަރަހައްދަކަށެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ތިން ހެލިކޮޕްޓަރުގެ ކޮންވޯއިއެއްގައި ދަތުރުކުރައްވަމުން ގެންދެވި ރައީސީ އިންނެވި ހެލިކޮޕްޓަރ "ހާޑް ލޭންޑިން"އެއް ކުރީ އެގައުމުގެ އުތުރަށް ބޯކޮށް ވާރޭ ވެހެމުން ދަނިކޮށެވެ.

އީރާނާއި އަޒަރުބައިޖާން ބޯޑަރު ސަރަހައްދުން އެނބުރި ވަޑައިގަތުމަށްފަހު ރައީސީ ދަތުރުކުރައްވަމުން ގެންދެވީ އިރާނުގެ ހުޅަނގު އުތުރުގައި އޮންނަ ތަބްރީޒް ސިޓީއަށްކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފައި ވެއެވެ.

މި ހެލިކޮޕްޓަރުގައި އިރާނުގެ ރައީސް އިބްރާހިމް ރީސީ އާއި އީރާނުގެ ޚާރިޖީ ވަޒީރު އާމިރު އަބްދުއްاللهޔަންގެ އިތުރުން، އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރުމަލިކް ރަހްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމްވެސް ވަނީ ދަތުރު ކުރައްވާފައެވެ. އޭގެ އިތުރުން ސެކިއުރިޓީ ގާޑްއަކާއި ޓެކްނީޝިނަކުވެސް މި ހެލިކޮޕްޓަރުގައި ވަނީ ދަތުރުކުރައްވާފައެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި މީހުންގެ ހަށިގަޑުތައްވަނީ ކާކުކަން ވަކިނުވާވަރަށް އަނދާފައެވެ.

ރައީސީ ދަތުރު ކުރައްވަމުން ގެންދެވި 15 މީހުންގެ ޖާގައިގެ ހެލިކޮޕްޓަރއަކީ އެމެރިކާއިން އުފައްދާފައިވާ، އޭގެ އުމުރު 40 އަހަރަށްވުރެ ގިނަ ދުވަސްވީ ވައިގެ އުޅަނދެކެވެ. އެ ހެލިކޮޕްޓަރ އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ، އިރާނުގެ އިސްލާމީ އިންގިލާބަށްވުރެ ކުރި، އެގައިމުގައި އޮތް ރަސްކަމުގެ ދުވަސްވަރުއެވެ.

އެހެންނަމަވެސް ފަހުން މި ހެލިކޮޕްޓަރ ވަނީ ރައީސް ދަތުރު ކުރެއްވުމަށް ބޭނުން ކުރަން ފަށާފައެވެ.

އިބުރާހިމް ރައީސީއަލީ އިރާނުގެ މިވަގުތު އޮތް އިސްލާމީ ވެރިކަމުގެ އެންމެ އެތެރެ ކޮއިލުގެ، އެގައުމުގެ ރޫހާނީ ލީޑަރު އަލީ ޚަމަނައިގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. އަދި އުމުރުން 90 އަހަރަށްވުރެ މަތިވެފައިވާ، މިހާރުގެ ރޫޙާނީ ލީޑަރަށްފަހު އެގައުމުގެ ރޫހާނީ ލީޑަރުކަމަށް ވަޑައިގަންނަވާނެކަމަށް ބެލެވެމުން އައި ބޭފުޅާއަކީ މި އެކްސިޑެންޓުގައި އަވަހާރަވި އެގައުމުގެ ރައީސް އިބުރާހިމް ރައީސީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ