ރަމީޒު ސަސްޕެންޑް ކޮށްފައި ނުވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ

ރަމީޒު ސަސްޕެންޑް ކޮށްފައި ނުވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ

Author
ހުސައިން
13 މެއި 2024 09:01
0

ރައީސް އޮފީހުގެ މިނިސްޓްރ ރަމީޒް ސަސްޕެންޑް ކޮށްފައި ވާކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގު ކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރ ރަމީޒު ބައެއް ޒިންމާތަކުން އެކަހެރިކޮށްފައިވާކަމަށް ދެކެވޭ ވަހަކައަކީވެސް ދޮގެއް ކަމަށާއި، އަދި އޭނާގެ މައްސަލައެއްވެސް ރައީސް އޮފީހުން ބަލަމުންވެސް ނުދާކަމުގައެވެ.

ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ދިޔަވަރު އޮންލައިންގައި ރިޕޯޓު ކޮށްފައިވަނީ، ރަމީޒު ސަސްޕެންޑް ކޮށްފައިވަނީ ފާއިތުވި މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ތާއީދު ހޯދާދޭނެކަމަށް ބުނެ، ރައީސް މުއިއްޒުއަށްވެސް އެނގިވަޑައި ނުގެން އޭނާ ބައެއް ކެނޑިޑޭޓުން އަތުން ފައިސާ ނަގާފައިވާތީކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.