ބޭނުމެއް ނެތް ގޮތުގައި ވަރިއަށް އެދުމަކީ ނަހީ ކުރައްވާފައިވާ ކަމެއް: ޙުޡުބާ

ބޭނުމެއް ނެތް ގޮތުގައި ވަރިއަށް އެދުމަކީ ނަހީ ކުރައްވާފައިވާ ކަމެއް: ޙުޡުބާ

Author
ހުސައިން
03 މެއި 2024 01:17
0

ބޭނުމެއް ނެތް ގޮތުގައި އަނބި މީހާ ވަރިއަށް އެދުމަކީ ނަހީ ކުރައްވާފައިވާ ކަމެއް ކަމުގައި މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"ވަރި" މި މުއުޞޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވީ ފާއިތުވީ 3 އަހަރު ތެރޭގައި ފެމިލީ ކޯޓަށް ވަރިވުމަށް އެދިތިން 3،820 ވަރި ހުށަހަޅާފައިވާ ކަމުގައެވެ. އަދި 2021 ވަނަ އަހަރު 1،193 ވަރި، 2022 ގައި 1،340 ވަރި، 2023 ގައި 1،281 ވަރި ރަޖިސްޓްރީ ކުރެވިފައިވާކަމަށް ފެމިލީ ކޯޓުގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ.

މި މައުލޫމާތުން އެނގޭ ގޮތުގައި އާންމުކޮށް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރު ބަނުން ވާހަކަ ދެއްކުމާއި، ޒުވާބު ކުރުމާއި، ތަޅައި އަނިޔާ ކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޝައްކު ކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަ ވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކާ ބަދުނާމު ކުރުމާއި، އާއިލީ ގުޅުންތައް ނުބޭއްވުމާއި، ދީނީ ކަންކަމަށް ފަރުވާ ކުޑަ ކުރުމާއި، ގަވާއިދުން ޚަރަދު ނުކުރުމާއި، ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުން ހިމެނެއެވެ.

މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި ވިދާޅުވެފައިވަނީ ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ހައްލެއް ނުފެނިއްޖެނަމަ ވަރި ހުއްދަވާނެ ކަމާމެދަކު ޝައްކެއް ނެތްކަމުގައެވެ. އެހެންނަމަވެސް އަބިމީހާ ބޭނުމެއްނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާކަމެއް ކަމަށްވެސް ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.