އެސްޓީއޯއިން ސިމެންތީގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯއިން ސިމެންތީގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

Author
ހުސެއިން
30 އޭޕްރިލް 2024 11:55
0

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށަައިފިއެވެ.

ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ބުނީ އެ ޕްރޮމޯޝަންގައި 'ޕަޔަނިއާ' ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ އެއް 90 ރުފިޔާ އަށް ލިބޭނެ ކަމަށެވެ. މިއީ އާންމު އަގުންނަމަ 108 ރުފިޔާ އަށް ވިއްކާ ސިމެންތި ބަސްތާއެކެވެ.

އިއްޔެ ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމު ފަރުދުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އަދި 1500 ރުފިޔާ އަށް ވުރެއް މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށްވެސް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީ ކޮށްދޭނެއެވެ.

ޕަޔަނިއާ ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގްބޫލް އެއް ސިމެންތި ބްރޭންޑެވެ.

މި ސިމެންތި އަކީ42.5N) (BS EN 197-1:2011 CEM ގްރޭޑް ގެ އޯޕީސީ ސިމެންތި އެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.