ސެންޓޭގެ ދެލަނޑާއެކު ވެލެންސިޔާ ކުރިޔަށް

ސެންޓޭގެ ދެލަނޑާއެކު ވެލެންސިޔާ ކުރިޔަށް

Author
އިބްރާހީމް ސާޢިދު
19 ޑިސެމްބަރ 2020 07:18
0

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުލަބު ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ(ޔޫވީ) ބައްދަލު ކުރި މެޗް ކުލަބު ވެލެންސިއާއިން ކާމިޔާބު ކޮށްފި އެވެ. ވެލެންސިޔާ މެޗު ކާމިޔާބު ކުރީ 4-0 ލަނޑުންނެވެ.

ވެލެންސިޔާއިން މެޗު ފުރަތަމަ ލަނޑުޖެހީ ފުރަތަމަހާފްގެ ފަހުކޮޅު ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ދިން ބޯޅައަކުން އަލީފާސިރް(ސެންޓޭ) އެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަ ހަމަ ކުޅުމެކެވެ. ޔޫވީގެ ގޯލަށް އަމާޒުކޮށް ވެލެންސިއާ އިން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް އެހުރިހާ ހަމަލާއެއް ޔުވީ އިން ވަނީ  ނާކާމިޔާބު ކޮށްލާފައެވެ. ފުރަތަމަ ހާފުގައި ޔޫވީގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ޑިފެންސިވް ކުޅުމެކެވެ.

ދެވަނަ ހާފްފެށިގެން މެޗްގެ 51 ވަނަ މިނެޓުގައި ވެލެންސިއާ އިން ވަނީ މެޗްގެ ލީޑް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ. މެޗްގެ 69 ވަނަ މިނެޓުގައި ވެލެންސިއާގެ ސެންޓޭވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ނަތީޖާ 3-0 އަށް ބަދަލުކޮށް ލީޑު އިތުރަށް ފުޅާކޮށްފައެވެ. މެޗުގެ 80 ވަނަ މިނެޓުގައި އަނެއްކާވެސް ވެލެންސިއާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުއްﷲ މިދުހަތު އެވެ.

މި މެޗުން ހޯދި މޮޅާއެކު ވެލެންސިޔާ ވަނީ ދެ މެޗުން 6 ޕޮއިންޓް ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.