އެޗްޑީސީން ގާޒާ އަށް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފި

އެޗްޑީސީން ގާޒާ އަށް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފި

Author
ޙަސަން މުޙައްމަދު
16 އޭޕްރިލް 2024 06:02
0

ގާޒާ އަށް އެހީވާން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

އެ ފައިސާ ހަވާލުކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން އައިއޭސީ) މޯލްޑިވްސްއާ އެވެ. އެ ޖަމާއަތުން ސޯޝަލް މިޑިއާ ޕޯސްޓެއްގައި ބުނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި ޝުކުރު ވެސް އަދާކުރާ ކަމަށެވެ.

އަދި އެޗްޑީސީން ދިން އެހީގެ ފައިސާ، އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދީ ތަފުސީލު އާންމުކުރާނެ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް ވަރަށް ގިނަ ފަރާތްތަކުން އައިއޭސީ އަށް ފައިސާ ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ގިނަ ކުންފުނިތައް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.