ރައީސް ނަޝީދަށް ކީރިތިކުރެއްވުނީ ވީ އުފަލަކުން: ރެޑްވޭވް ސަލީމް

ރައީސް ނަޝީދަށް ކީރިތިކުރެއްވުނީ ވީ އުފަލަކުން: ރެޑްވޭވް ސަލީމް

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2020 02:04
0

ރައީސް ޔާމީން ޖަލަށްލީ ދުވަހު ރައީސް ނަޝީދަށް ކީރިތި ކުރެއްވުނީ، ވީ އުފަލެއްގެ ބޮޑުކަމުންކަމަށް ވިދާޅުވެ، ޕީޕީއެމް ޕީއެންސީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ކުރީގެ ރައީސް އަބްދުުﷲ ޔާމީން ޖަލަށްލުމުން ކީރިތި ކުރެއްވުނުކަމަށާއި، އެމަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާލުވުމާިއ ގުޅިގެން އިދިކޮޅުން އަންނަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ސަލީމް ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލީ ދުވަހު ރައީސް ނަޝީދަށް ކީރިތި ކުރެއްވުނީ، ވީ އުފަލެއްގެ ބޮޑުކަމުންކަމަށައި، ބާރަކީދާދި އަވަހަށް ނެތި ހިނގައި ދާނެކަމެއްކަމަށެވެ. ސަލީމް މިވާހަކަ ވިދާލުވެފައިވަނީ ކީރިތި ޤުރުޢާނުގެ އާޔަތަކާއި އެކު ކުރެއްވި ޓްވީޓެއްގައެވެ.

ރެޑްވޭވް ސަލީމް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނާއިބު މުޤައްރިރު ޝުއައިބު ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލީ ދުވަހު ރައީސް ނަޝީދު އުފާފާޅުކުރައްވާ ޕާޓީ ބޭއްވެވިކަމަށެވެ.

އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ކުރީގެ ރައީސުން ޖަލަށް ލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާކަމެއްނޫން ކމަށެވެ. އެސަގާފަތް އެމަނިކުފާނުގެ ވެރިިކަމުގައި ދަމަހައްޓަވާފައިވާނެކަމަށްވެސް ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލުމަށް ފަހު އެކަމާ އުފާ ފާޅުކޮށްހެދިކަމަށާއި، ނަމަވެސް ރައީސް ާމީން ޖަލަށްލި ދުވަހު އެމަނިކުފާނަށް ކީރިތި ކުރެއްވުނު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.