އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި

މި އަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މި އަހަރުގެ ފިތުރު އީދު ދުވަސް ދިމާވާނީ އަންނަ ބުދަ ދުވަހަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ފިތުރު އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުުތުގެ ގޮތުގައި ހަވީރު 4:00 އިން 6:00 އަށް ހަމަޖައްސާފައިވާ ކަމަށެވެ.

ފިތުރު އީދު ދުވަހާ ދިމާކޮށް މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފައެވެ. އެގޮތުން އީދު ނަމާދު ނިމުމާ އެކުގައި އެ ހަރަކާތްތައް ފެށިގެންދާނެއެވެ.

އީދު ނަމާދަށް ފަހު އީދު ސައި އަދި ޑަބްލިއުޑީސީން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުން އެކުވެނި ޓްރެކްގައި އޮންނާނެއެވެ. އަދި ހެނދުނު 9:30 ގައި ރަސްފަންނުގައި ފެން ކުޅި ކުޅުމަށް ހަމަޖެހިފައިވެއެވެ. ހަވީރު 4:00 ގައި ބޮޑު މަސް މާލި ޕެރޭޑް އޮންނަ އިރު، ރޭގަނޑު އާޓިފިޝަލް ބީޗުގައި ސްޓޭޖް ޝޯއަކާ އެކީގައި ހަވާ އެރުވުން އޮންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *