ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، އީދުދުވަހު ރާއްޖޭގެ ދެކުނަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މެޓްރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މިއަދާއި މިރޭ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރި ނަމަވެސް؛ މި ދުވަސްތަކުގައި އެ ސަރަހައްދަށް މޫސުން ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އާންމު ގޮތެއްގައި މޫސުން ރަނގަޅުވެ، ބައެއް ފަހަރު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ އިރު، ބުދަ ދުވަހަކީ ފިތުރު އީދު ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ނަމަވެސް ބުދަ ދުވަހު ދެކުނުސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށާއި އެހެން ނަމަވެސް ވިލާގަނޑުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވުމުން މާލޭގެ ގިނަ ރައްޔިތުން ވަނީ ރަށްރަށަށް ދަތުރުކޮށްފަ އެވެ. ޗުއްޓީ ނިންމާލާނީ އަންނަ ހޮނިހިރު ދުވަހު ކަމަށާއި، އެއަށްފަހު ގިނަ ބަޔަކު މި ހަފުތާ ނިމުމުގެ ކުރިން ދަތުރުކުރާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ