ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފި

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފި

Author
އައިޝަތު އަޙްމަދު
04 އޭޕްރިލް 2024 02:14
0

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައިވާކަން އެޗްޑީސީން ހާމަ ކޮށްފިއެވެ. އެޗްޑީސީން ބުނެފައިވަނީ އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ބާރުދުވެލީގައި ކުރިއަށް ދާކަމުގައެވެ.

ހުޅުމާލޭ 3 ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތްތަކުގެ ދެވަނަ ފޭސްގެ މަސައްކަތް ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ.

ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ ފޭސްގެ 10 ހެކްޓަރ ބިން ހިއްކާފައި ވެއެވެ. ދެވަނަ ފޭސް ގައި ހިއްކުމަށް ކަނޑައެޅިފައިވަނީ 29 ހެކްޓަރ އެވެ. އަދި ތިން ވަނަ ފޭސް ގައި 24 ހެކްޓަރ އެވެ.

މިސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ތަރައްގީވެގެން ދާއިރު ރައްޔިތުންނަށް ލުއި ފަސޭހަ ވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.