އީދު ބަންދު ނިމެންދެން މަޖިލިސް ޖަލްސާތައް ހުއްޓާލައިފި

އީދު ބަންދު ނިމެންދެން މަޖިލިސް ޖަލްސާތައް ހުއްޓާލައިފި

Author
ޙަސަން މުޙައްމަދު
02 އޭޕްރިލް 2024 11:48
0

ކުރިޔަށް އޮތް ފިތުރު ޢީދުގެ ބަންދު ނިމެންދެން މަޖިލިހުގެ ޖަލްސާތައް ހުއްޓާލައިފިއެވެ.

އިއްޔެގެ އޮތް މަޖިލިސް ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ، ރޯދަމަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވުމުން، އެ ދުވަސްތަކުގައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައްވެސް ނޯންނާނެ ކަމުގައެވެ.

އަސްލަމް ވިދާޅުވީ ދެން މަޖިލިހުގެ ޖަލްސާ ބާއްވާނެ ތާރީޚެއް ފަހުން އަންގަވާނެ ކަމުގައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ މިއީ މީގެކުރިން މަޖިލިސް ބާއްވަމުންދާ އުސޫލަށް ބިނާކޮށް ނިންމަވާފައިވާ ނިންމެވުމެއް ކަމުގައެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައެވެ.

މަޖިލިހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ކުރިން، އެންޓި ޑިފެކްޝަން ބިލް މަޖިލިހުން ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.