ހުޅުމާލޭ ފިތުރޯނު ސްމާޓް ޕާކިން ޒޯނުން ކުއްޔަށް ޖާގަ ދޫކުރަނީ

ހުޅުމާލޭ ފިތުރޯނު ސްމާޓް ޕާކިން ޒޯނުން ކުއްޔަށް ޖާގަ ދޫކުރަނީ

Author
ހުސެއިން
30 މާރޗް 2024 09:41
0
ހުޅުމާލޭގައި އެއްގަމު އުޅަނދު ޕާކު ކުރުމަށް ހަދާފައިވާ ފިތުރޯނު ސްމާޓް ޕާކިން ސިސްޓަމުން ބީލަމަށް ޖާގަ ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފި އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ފިތުރޯނު ޕާކިން ޒޯން އިން ތިން އަހަރުގެ މުއްދަތައް ޕާކިން ޖާގަ ކުއްޔަދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ޕާކިން ސިސްޓަމުން 41 ޖާގަ ދޫކުރަން އެޗްޑީސީން ވަނީ ނިންމާފަ އެވެ.

ޕާކިން ސިސްޓަމުން ޖާގަ ހޯދުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 24 އޭޕްރިލް ވާ ބުދަ ދުވަހުގެ 13:00 އިން 14:00 އަށް އެޗްޑީސީގެ މައި އޮފީހުގެ އެގްޒިބިޝަން ސެންޓަރުގަ އެވެ.

ބީލަން ފޯމާއި ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުންނާއި، ކުންފުނީގެ ނަންބަރު 1516 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.