ބިންވެރިޔާ ސްކީމުގެ ގޯތިތަކަށް އަރާ މަގުތަކުގެ ތާރު ކެނޑުމުގެ މަސައްކަތް ފަށައިފި

ބިންވެރިޔާ ސްކީމުގެ ގޯތިތަކަށް އަރާ މަގުތަކުގެ ތާރު ކެނޑުމުގެ މަސައްކަތް ފަށައިފި

Author
ޢަލީ އާދަމް
28 މާރޗް 2024 08:33
0

ބިންވެރިޔާ ސްކީމުގެ ދަށުން ކުރީގެ ސަރުކާރުން ދިން ގޯތިތަކަށް އަރާ މަގުތަކުގެ ތާރު ކެނޑުމުގެ މަސައްކަތް ފަށައިފިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ގޯތި ހަވާލުކުރުން އަވަސް ކުރުމަށް އެ އެޗްޑީސީން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާ ގޮތަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް ފަށާފައިވާކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ނިމިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 150 އެއްހާ ގޯތި ހުޅުމާލޭގައި ޕްލޭން ކޮށްފައިވާ މަގުތަކަށް އަރާ ކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ކެމްޕެއިން އިވެންޓެއްގައި ވިދާޅުވެފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއި، ބައެއް ގޯތިތަކަށް އަރާފައިވާ ފެނާ ނަރުދަމާގެ ނެޓްވޯކް ބަދަލުކުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އެޗްޑީސީން ބުނެއެވެ.

މި ގޯތިތަކުގެ އިން ވަކިކޮށް ހަވާލުކުމުގެ މަސައްކަތް ކުރަމުން ދަނީ ހާއްސަ އިސްކަމެއް ދީގެން ކަަމަށްވެސް އެކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.