ޝަހީމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު އައިއިރު ކިތަންމެ މަޝްރޫއެއް އޮތީ ހުއްޓިފައި: ޝަހީމް

މި ސަރުކާރު އައިއިރު ކިތަންމެ މަޝްރޫއެއް އޮތީ ހުއްޓިފައި: ޝަހީމް

ގުޅުންހުރި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ކިތަންމެ މަޝްރޫއެއް އޮތީ ހުއްޓިފައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެގޮތަށް ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޝަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު އައިއިރުގައި ކިތަންމެ މަޝްރޫއެއް އޮތީ ހުއްޓިފައި ކަމަށާއި އެކަންކަން އަލުން ފައްޓަވައި ބިލްތައް ވެެސް ދައްކަވައި މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. ބައެއް ތަންތަން ނިމިފައިވާ އިރު، އަނެއް ބައި ތަންތަން ނިމެމުންދާ ކަމަށް ވިދާޅުވިއެވެ.

"ރައީސް ޑރ މުއިއްޒުގެ ސަރުކާރު އައި އިރު ކިތައްމެ މަޝްރޫޢެއް އޮތީ ހުއްޓިފަ. އެކަންކަން އަލުން ފައްޓަވައި ބިލްތައް ވެެސް ދައްކަވައި މަޝްރޫޢުތައް އެދަނީ ކުރިއަށް، ބައެެއްތަންތަން ނިމިއްޖެ، އަނެއްބައި ތަންތަން އެދަނީ ނިމެމުން." ޝަހީމް ވިދާޅުވިއެވެ.

މ. ރަތްމަންދު އަށް ވަޑައިގެން ޝާހިދު "އެކްސް" ގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ރަތްމަންދޫގައި ހިނގަމުންދާ ހުރިހާ މަޝްރޫއެއް ވެސް ހުއްޓާލާފައިވާ ކަމަށެވެ. ޝާހިދު މިސާލެއްގެ ގޮތުގައި ނެންގެވީ ރަތްމަންދޫގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ ނިޒާމު އެޅުމުގެ މަޝްރޫއު އާއި އިންޖީނުގެ އެޅުމެވެ. ޝާހިދު ވިދާޅުވީ ކުރީގެ ސަރުކާރުގައި ފައްޓާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު %90 ނިމިފައިވާ ކަމަށާއި އިންޖީނުގޭގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައި ހުރި ކަމަށެވެ. އަދި އެ ނޫން ވެސް މަޝްރޫއުތައް ފެށިފައި އެކި އެކި މަރުހަލާތަކުގައިވާ ކަމަށް ވިދާޅުވިއެވެ.

ޝާހިދަށް ރައްދު ދެއްވައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ ނިޒާމު އެޅުމުގެ މަސައްކަތް ހުއްޓިފައިވަނީ ކުރީގެ ސަރުކާރުގައި ކަމަށެވެ. އަދި ސޮއި ކުރިތާ ދެ އަހަރުވީއިރު ކުރެވިފައިވަނީ އެންމެ %26 މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފެނަކައިގަ މިފަދަ ޕްރޮޖެކްޓް ހިންގުމުގެ ޤާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް އެކުންފުންޏާ ޙަވާލު ކުރުމަކީ އެރަށްތަކުގެ ރައްޔިތުންނަކަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިދިޔަ ސަރުކާރުން ވެފައިވާ އިހުމާލެއް." މުއްތަލިބް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ