ފާދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ގާއިމްކުރަން މަޝްހޫރު ވިޔަފާރި ކުންފުނި ވިޓޯލްއާ ހަވާލުކޮށްފި

ފާދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ގާއިމްކުރަން މަޝްހޫރު ވިޔަފާރި ކުންފުނި ވިޓޯލްއާ ހަވާލުކޮށްފި

Author
ހުސެއިން
13 މާރޗް 2024 03:12
0

ފާދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ގާއިމްކުރަން މަޝްހޫރު ވިޔަފާރި ކުންފުނި ވިޓޯލްއާއެކު އެސްޓީއޯއިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ވިޓޯލް ކުންފުނިން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގް އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ މި ޚިދުމަތް ގާއިމް ކުރެވުމުން އެ ކުންފުނީގެ އާމްދަނީއަށް ކުރިއެރުން ލިބި، އަދި އޭގެ އިތުރުން ދައުލަތަށް ލިބޭ އާމަދަނީވެސް އިތުރުވެގެންދާނެ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ މި ޕްރޮޖެކްޓުން ގިނަ ވަޒީފާތަކެއް އުފެދިގެންދާއިރު، ބޭރު ފައިސާ ރިޒާވްއަށްވެސް ބޮޑު ކުރިއެރުމެއް އަންނާނެ ކަމުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިޓޯލްގެ ޑިރެކްޓަރު ޖޭ އެންގް ވިދާޅުވީ އެކުންފުނިން އެސްޓީއާއެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކަމުގައެވެ. އަދި މި ދެކުންފުނި ގުޅިގެން ކުރެވޭ ކާމިޔާބު މަސައްކަތަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭނާ ވިދާޅުވީ ފާދިއްޕޮޅަކީ ބަންކަރިންގެ ޚިދުމަތް ދިނުމަށް އެންމެ ރަގަޅު ހިސާބުގައި އޮތް ސަރަހައްދެއްކަމަށާއި، އެއީ ދުނިޔޭގެ ބޮޑެތި ގިނަ އުޅަނދުތަކެއް ދަތުރުކުތާ ރާސްތާއެއް ކަމުގައެވެ. އެގޮތުން އޭނާ ވިދާޅުވީ އެ ސަރަހައްދަކީ މައި ބަންކަރިން ހަބެއްގެ ގޮތުގައި މަގުބޫލު ތަނަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ ޓުއަރިޒަމްއަށާއި، އަދި ދައުލަތުގެ އާމްދަނީއަށް މުހިންމު ޚިދުމަތަކަށް ވާނެކަމުގައެވެ.

ރާއްޖެ މި އޮންނަ ލޮކޭޝަންއަކީ ވަރަށް މުހިން ލޮކޭޝަންއެކެވެ. އެގޮތުން ރާއްޖެ އޮން ސަރަހައްދުން ލާފަ ދުވާލަކު މައްޗަށް 300 އަށްވުރެ ގިނަ އާގުބޯޓު އެބަ ދަތުރުކުރެއެވެ. އެހެންނަމަވެސް އެ އާގު ބޯޓުފަހަރަށް ސާވިސް ދެވޭނެ ގޮތެއް އެ ސަރަހައްދުގައި ނެތެވެ. އެގޮތުން ސްޓްރެޓިކް ސްޓޯރޭޖާ އެކީގައި އިންޓަނޭޝަނަލް ބަންކަރިންއަށް ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށް ދިނުމަކީ ކުރިއްސުރެ އެސްޓީއޯއިން ގެންގުޅެމުން އައިސްފައިވާ ވިސްނުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.