ރޯދަމަހަށް ޚައްސަކޮށްގެން ވަގުތީ މިސްކިތެއް ހުޅުމާލެ ފޭސް 2ގައި ހުޅުވައިފި

ރޯދަމަހަށް ޚައްސަކޮށްގެން ވަގުތީ މިސްކިތެއް ހުޅުމާލެ ފޭސް 2ގައި ހުޅުވައިފި

Author
ޙަސަން މުޙައްމަދު
07 މާރޗް 2024 09:33
0

ކުރިޔަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި އިތުރު ވަގުތީ މިސްކިތެއް ހުޅުވައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މަސްޖިދުއް ޝާކިރީން ނަމުގައި ފޭސް 2 ގައި ހުޅުވުނު މިސްކިތަކީ ރޯދަމަހަށް ޚާއްސަކޮށްގެން ހުޅުމާލެ ހިޔާ ޕާކް ސަރަހައްދުގަ ހުޅުވި މިސްކިތެއް ކަމަށެވެ.

އެގޮތުން މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިޔުމަށް ދުރު ސަރަހައްދަކަށް ދާން ޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހުޅުވި މިސްކިތެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.

މި މިސްކިތަކީ މުޅި ޖުމަލަކޮށް އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ މިސްކިތެއް ކަމަށާއި މި މިސްކިތުގައި އަންހެން ބޭފުޅުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.