ގޭބީސީތަކަށް ހަދިޔާކުރާ ކާޑު ބެހުމަށް އެސްޓީއޯއިން އޮތީ ފުރިހަމައަށް ތައްޔާރުވެފަ: އެސްޓީއޯ

ގޭބީސީތަކަށް ހަދިޔާކުރާ ކާޑު ބެހުމަށް އެސްޓީއޯއިން އޮތީ ފުރިހަމައަށް ތައްޔާރުވެފަ: އެސްޓީއޯ

Author
ހުސެއިން
07 މާރޗް 2024 08:56
0

ސަރުކާާރުން ކުރިޔަށް އޮތް ރޯދަމަހު ގޭބީސީއަކަށް ހަދިޔާކުރާ ކާޑު ބެހުމަށް އެސްޓީއޯއިން އޮތީ ފުރިހަމައަށް ތައްޔާރުވެފައި އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން މިރޭ ބުނީ ރޯދަމަހަށް ހާއްސަކޮއްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރައްވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް މިހާރު އެކުންފުނިން ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި މިކަމަށް އެކަށޭނަ މުދާ މިހާރުވަނީ އެތެރެކޮށް ގުދަންކޮށް އަދި މީގެ އިތުރުން ބެހޭނޭ އިންތިޒާމުތައް ހަމަޖައްސާފައި ކަމަށެވެ.

މާލޭ ސިޓީގެ 7 ތަނަކުން ދޫކުރުމަށް ނިންމާފައިވާކަން އެސްޓީއޯއިން ބުނެފައި ވެއެވެ.

ހާމަކޮށްފިއެވެ. އެ ތަންތަނަކީ:

  1. މާލެ : ގަލޮޅު ދަނޑު, މާލެ ސިޓީ ކައުންސިލް , ސޯޝަލް ސެންޓަރ
  2. ވިލިމާލެ: ބިއްރި މިސްކިތް ހޯލް
  3. ހުޅުމާލެ ފޭސް 1: އުމަރު ޒާހިރު ބިލްޑިންގ
  4. ހުޅުމާލެ ފޭސް 2: ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ

އެސްޓީއޯއިން ބުނީ މިކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިން ކަމަށެވެ.

އަދި އެސްޓިއޯއިން  ބުނީ ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން އިއްޔެ ފަށާފައިވާ ކަމަށާއި ރަށްތަކުގައި މިތަކެތި ބެހުމުގެ މަސައްކަތް ކުރާނީ ކައުންސިލް ތަކުން ކަމަށެވެ.

މާލެ ސަރަހައްދުގައި މި ތަކެތި ބެހުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލާއި ގުޅިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގައި މުދާ ދޫކުރަން ފަށާނީ 09 މާރިޗު 2024 އިން ފެށިގެން ހަތްދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މިގޮތުން މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް ކުރިޔަށް ނުގެންދާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. ރޯދަމަހު މުދާ ދޫކުރުމަށެ ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30އިން މެނދުރު 13:00 އަށެވެ. އަދި ރޭގަނޑު 21:00އިން 23:30 އަށެވެ.

ރޯދަ ހަދިޔާ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވާ ކާޑުގެ ބާވަތްތައް ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަންޏެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރ އަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހުގައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.