މަންޓާއެއަރގެ ފުރަތަމަ އިންޓަރނޭޝަނަލް ފްލައިޓް އިންޑިއާގެ ބެންގަލޫރުއިން ދ. އެއަރޕޯޓަށް

މަންޓާއެއަރގެ ފުރަތަމަ އިންޓަރނޭޝަނަލް ފްލައިޓް އިންޑިއާގެ ބެންގަލޫރުއިން ދ. އެއަރޕޯޓަށް

Author
ހުސެއިން
16 ފެބްރުއަރީ 2024 01:55
0

ރާއްޖޭގައި އެންމެ ފަހުން އޮޕަރޭޓް ކުރަންފެށި އެއަރލައިން ކަމަށްވާ މަންޓާ އެއަރިން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިފިއެވެ. އެގޮތުން އެ އެއަރލައިންއިން އެންމެ ފުރަތަމަ ކުރި އިންޓަރނޭޝަނަލް ދަތުރުގައި މަންޓާރ އެއަރގެ ފްލައިޓް މިއަދުވަނީ އިންޑިއާގެ ބެންގަލޫރުން، އެއަރލައިންއިން އޮޕަރޭޓްކުރާ ދ. އެއަރޕޯޓަށް މިއަދު ހެނެދުނު ޖައްސާފައެވެ.

މަންޓާއެއަރއިން ބުނެފައިވަނީ އަންނަ މާރޗްމަހުން ފެށިގެން ބެންގަލޫރުން ދ. އެއަރޕޯޓަށް ސީދާ ދަތުރުތައް ފެށުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެގޮތުން ހަފްތާއަކު 3 ދަތުރު ބޭއްވުމަށް މަސައްކަތް ކުރާންކަމަށްވެސް އެއަރލައިންއިން ބުނެފައި ވެއެވެ.

މަންޓާއިން ދ. އެއަރޕޯޓަށް އިންޑިއާއިން ސީދާ ދަތުރުތައް ފެށުމުްނ ދ. އަތޮޅު ކައިރީ ރިސޯޓްތަކަށް ދާ ފަތުރުވެރިންގެ އިތުރުން ދ. އަތޮޅުން އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށްވެސް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެން ދާނެއެވެ.

އިންޑިއާގެ ބެންގަލޫރަކީ ބޭސްފަރުވާއަށްވެސް ރާއްޖޭގެ ގިނަ ބަޔަކު ދާ ތަނަކަށް ވުމާއެކު، ދ. އެއަރޕޯޓުން ސީދާ ދަތުރުތައް ބާއްވަން ފެށުމުން، ދ. އަތޮޅުގައި ދިރިއުޅޭ ފަރާތްތަކަށް މާލެ ދަތުރުނުކޮށް ސޯދާ އަތިޅުން އިންޑިއާއަށް ދިއުމުގެ ފުރުސަތުފަހިވެގެން ދިއުމުން، ވަގުތުގެ ގޮތުންނާއި އަދި ކަރަދުގެ ގޮތުންވެސް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އިންޑިއާއަށް ސީދާ ދަތުރުތައް ފެށުމަށްފަހު މަންޓާއިން މިހާރުއަންނަނީ ރާއްޖެއިން ސްރީލަންކާއަށްވެސް ސީދާ ދަތުރުތައް ފަށަން ތައްޔާރުވަމުންނެވެ.

މީގެ ފަސް އަހަރު ކުރިން އޮޕަރޭޝަން ފެށި މަންޓާއިން އަންނަނީ ކުޑަހުވަދޫއަށާއި ދަރަވަންދޫއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އޭގެ އިތުރުން ރިސޯޓުތަކަށް ސީޕްލޭންގައި ދަތުރުތައް ކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.