އިސްލާމީ ތައުލީމު ދޭ ސްކޫލެއް ހުޅުމާލޭގައި ތަރައްގީ ކުރުމަށް އަލް މަދީނާ އިންވެސްޓްމަންޓާއި ހަވާލުކޮށްފި

އިސްލާމީ ތައުލީމު ދޭ ސްކޫލެއް ހުޅުމާލޭގައި ތަރައްގީ ކުރުމަށް އަލް މަދީނާ އިންވެސްޓްމަންޓާއި ހަވާލުކޮށްފި

Author
ހުސެއިން
22 ޖެނުއަރީ 2024 09:19
0

އިސްލާމީ ތައުލީމު ދޭ ސްކޫލެއް ހުޅުމާލޭގައި ތަރައްގީ ކުރުމަށް މަދީނާ އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ.

އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއިއެކު ހުޅުމާލޭގައި އިސްލާމީ ތައުލީމު ކިޔަވާދޭ ސްކޫލެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓް ގެ ފަރާތުންސޮއިކުރެއްވީއެ ކުންފުނީގެ ސީއީއޯ އަލީ އަހްސަނެވެ.

މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ ތަރައްގީ ކުރެވިގެންދާއިރު، ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައިހުންނަ ވަގުތީ މިސްކިތް ވެސް މަދީނާ އިންވެސްޓްމަންޓުން ތަރައްގީ ކުރާނެއެވެ.

މި މިސްކިތް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ، ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށެވެ.

މިސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވާދޭން ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުންމަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްގީ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން މި ސްކޫލުއިން ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހިގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.