ރޯދަމަހަށް ޚާއްސަ ކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅަނީ

ރޯދަމަހަށް ޚާއްސަ ކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅަނީ

Author
ހުސެއިން
17 ޖެނުއަރީ 2024 05:32
0

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޗްޑިސީން ބުނެފިއެވެ.

އެޗްޑސީން ބުނެފައިވަނީ އެ ކުންފުނިން މިސްކިތް އެޅުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރަމުންދާ ކަމަށާއި، މި މިސްކިތުގައި އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިކޮށް ހަދަމުންދާ ކަމަށެވެ.

އަދި  މި މިސްކިތުގައި 150 މީހުންގެ ޖާގަ ހިމެނޭ ކަަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑިސީން ބުނެފައިވަނީ އެކުންފުނީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން މި ވަގުތީ މިސްކިތް ނިންމުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.