ރަސްމީ ޖަލްސާތަކުގައި ޤުރުއާން ކިޔަވާދޭ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ރަސްމީ ޖަލްސާތަކުގައި ޤުރުއާން ކިޔަވާދޭ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

Author
ހުސެއިން
16 ޖެނުއަރީ 2024 01:28
0

ރަސްމީ ޖަލްސާތަކުގައު ޤުރުއާން ކިޔަވާދޭނެ ފަރާތްތަކުގެ ރަސްމީ ދަފްތަކެއް އެކުލަވާލުމަށް ނިންމާ، ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ގުރުއާން ކިޔެވުމަށް ޝައުގުވެރިވާ މީހުން ހޯދުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިއުލާން ކޮށްފިއެވެ.

ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ މިކަމަށް އެދޭ ފޯމު ފުރުމަށްފަހު އެ މަރުކަޒަށް ހުށަހެޅުމަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމު އެ މަރުކަޒުގެ ވެބްސައިޓުންވެސް ލިބޭނެކަމަށް ވިދާޅުވެފައި ވެއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެފައިވަނީ، ދަފްތަރު ކުރުމަށް ހަމަޖެހިފައިވަނީ ޤުރުއާން ކިޔަވާ ފަރާތްތައް ހޮވުމުގައި ކިޔެވުން އަޑުއެހުމަށްފަހުކަމުގައެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެ މަރުކަޒުގެ 3019328 އިން ލިބޭކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.