ސަރުކާރުން މަސައްކަތް ކުރަނީ ބަހަނާ ދައްކައިގެން އިންތިޚާބު ލަސްކުރަން: އ.ޝަރީފް

ސަރުކާރުން މަސައްކަތް ކުރަނީ ބަހަނާ ދައްކައިގެން އިންތިޚާބު ލަސްކުރަން: އ.ޝަރީފް

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 12:20
0

މިސަރުކާރުން މަސައްކަތް ކުރަމުންދަނީ ކައުންސިލް އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަަސައްކަތް ކުރުމުގެ ބަދަލުގައި ބަހަނާ ދައްކައިގެން އިންތިޚާބު ލަސްކުރުމަށް ކުރަންޖެހޭ މަަސައްކަތް ކުރުމަށް ކަމުގައި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތުގައި އިންތިޚާބު ބޭއްވުމަށް ގިނަ ހުރަސްތަކެއް އޮތްކަމަށް އިލެކްޝަން ކޮމިޝަނުން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފަޅުކުރަމުންދާ ދަނޑިވަޅެއްގައި އާދަމް ޝަރީފް ވިދާޅުވީ ފެނިގެންދަނީ އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ ބަދަލުގައި އިންތިޚާބު ފަސް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތަން ކަމަށެވެ.

އިންތިޚާބެއްގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް އަދުލުވެރިކަމާއިއެކު އިންސާފުވެރިކަމާއިއެކު ހަމަހަމަ ފުރުސަތު ހޯދައި ދިނުމަކީ އިލެކްޝަން ކޮމިޝަންގެ ޒިންމާއެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަމަހަމަ ފުރުސަތު ހުރިހާ އެންމެނަށް ލިބޭ ގޮތަށް، އިންސާފުވެރި އިންތިޚާބެއް ބާއްވަން ފުރުސަތު ދިނުމުގެ ބަދަލުގައި ސަރުކާރުން ކަންކަން ކުރަނީ ބަހަނާ ދައްކައިގެން އިންތިޚާބު ފަސްކުރަން. ކެންޑިޑޭޓުންގެ ހައްގުތައް ހިމާޔަތް ކުރަން އިލެކްޝަން ކޮމިޝަނުން މަަސައްކަތް ކުރަންޖެހޭ.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންތިހާބާ ބެހޭ ގާނޫނު ބުނާގޮތުން ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ކޮންމެ ސިޔާސީ ޕާޓީއަކަށް އަދި ކޮންމެ ކެންޑިޑޭޓަކަށް ލިބެން ޖެހޭނެ އެވެ. ނަމަވެސް އިންތިޚާބު އަންނަ މާޗު މަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުންދާއިރު، ކެންޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭތީ އިދިކޮޅު ފަރާތްތަކުން ދަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. އިންތިޙާބު ބޭއްވުމަށް އިލެކްޝަނުން ކުރަމުންދާ މަސައްކަތުގައި އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބޭއްވުމުގެ ހުއްދަ ނުލިބިއްޖެނަމަ ކަނޑައެޅިފައިވާ ތާރީހުގައި އިންތިޚާބު ނުބޭއްވޭނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.