އަގަސްތިޔާ ގެ ދެވަނަ ފިލްމް އަކީ "އެއްކީސް"

އަގަސްތިޔާ ގެ ދެވަނަ ފިލްމް އަކީ "އެއްކީސް"

Author
ފާތިމަތު ނާވީ
20 ޑިސެމްބަރ 2023 02:02
0

ބޮލީވުޑްގެ ލެޖެންޑް އަމިތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްޓިއާ ނަންދާ ދެވަނަ ފިލްމް އަކީ "އެއްކީސް" ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

އަގަސްތިޔާ ބޮލީވުޑްއަށް ތައާރަފް ވީ މިދިއަ މަހުގެ 22 ވަނަ ދުވަހުގައި ރިލީޒް ކުރި ފިލްމް "ދި އާޗީސް" އިންނެވެ. މި ފިލްމް އަށް ބެލުންތެރިން ވަނީ މަސްހުނި ހިޔާލުތަކެއް ދިފައިއެވެ. މި ފިލްމް ޕްރިމިއާ ކުރީ ސިނަމާގެ ބަދަލުގައި ނެޓްފްލިކްސް އިންނެވެ.

މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ޑައިރެކްޓަރު ސްރީރާމް ރާގްވަން ޑައިރެޓްކުރަން ހަމަޖެހިފައިވާ ތާރީހީ ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމް ގައި އަގަސްޓިއާ އާއި އެކުގައި ކުރީގެ މަގުބޫލު އެކްޓަރު ދަރުމެންދުރާވެސް ފެނިގެންދާނެއެވެ.

 

View this post on Instagram

 

A post shared by Agastya Nanda (@agastya.nanda)

މި ފިލްމު އެންމެ ފުރަތަމަ 2019 ގައި އިއުލާންކުރީ ވަރުން ދަވަން ޓައިޓްލް ރޯލު ކުޅޭ ގޮތަށެވެ. ނަމަވެސް ފިލްމް ވަރުން ދޫކޮށްލުމުން މިހާރު ފިލްމް އަށް އަގަސްތިޔާ ނަގައިފައިވާ ކަމަށް ހަބަރުތަށް ބުނެއެވެ.

މި ބައޮގްރަގްފިކަލް ޑްރާމާ އަކީ އންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ތެރޭގައި އުމުރުން އެންމެ 21 އަހަރުގައި މަރުވި އިންޑިއާގެ އަސްކަރީ ބަތަލެއް ކަމަށްވާ އަރޫން ކެތަރްޕާލްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.