އަގަސްތިޔާ ފިލްމް އަކަށް ސޮއި ކޮށްފި

އަގަސްތިޔާ ފިލްމް އަކަށް ސޮއި ކޮށްފި

Author
ފާތިމަތު ނާވީ
18 ޑިސެމްބަރ 2023 03:47
0

މިދިއަ މަހުގެ 22 ވަނަ ދުވަހުގައި ނެޓްފްލިކްސް އިން ޕްރިމިއާ ކުރި "ދި އާޗީސް" އިން ބޮލީވުޑްއަށް ތައާރަފް ވި ސްޓާ ކިޑު އަގަސްތިޔާ ނަންނާ އަށް ދެވަ ފިލްމް އެއް ލިބިފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އަގަސްތިޔާ އަކީ ބޮލީވުޑްގެ ބިގް ބީ އަމިތަބް ބަޗަން ގެ ކާފަދަރިފުޅެވެ. އަމިތާބް ގެ އަންހެން ދަރިފުޅު ޝްވެތާ ގެ ދޮށީ ފިރިހެން ދަރިފުޅެވެ. އައިޝްވަރްޔާ އަކީ އޭނާގެ ފަހަރިއެވެ.

ޕިންކްވިލާ އިން ބުނީ ކާސްޓްގައި ދަރުމެންދުރާ ވެސް ހިމެނޭ ފިލްމުގެ ޝޫޓިން އަންނަ މަހުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، ކުޅެން ޖެހޭ ރޯލަށް އަގަސްތިއާ ވަރަށް ބޮޑަށް ޓްރެއިންވަމުން އަންނަ ކަމަށެވެ.

 

View this post on Instagram

 

A post shared by Agastya Nanda (@agastya.nanda)

މި ފިލްމް އަކީ އަންނަ މަހުގެ 12 ގައި ސިނަމާތަކަށް ގެންނަން ތާވަލް ކޮށްފައިވާ  ކެޓްރީނާ ކައިފްގެ ތުރިލާ "މެރީ ކްރިސްމަސް" ގެ ޑައިރެކްޓަރު ސްރީރާމް ރަގްވަން ގެ އެއްޗެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.