އަބްރަމް ބައްޕަގެ ސިގްނޭޗާ ޕޯސްގައި

އަބްރަމް ބައްޕަގެ ސިގްނޭޗާ ޕޯސްގައި

Author
ފާތިމަތު ނާވީ
18 ޑިސެމްބަރ 2023 11:02
0

ނިމިދިއަ ހަފްތާއަކީ ބޮލީވުޑްއަށް ވަރަށް ވަރުގަދަ ހަފްތާއެކެވެ. ބޮލީވުޑްގެ ހުރިހާ ތަރިން އެއްތަނަކުން ފެނިގެންދިއަ ހަފްތާއެއް ވެސް މެއެވެ. ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ ފެނިގެން ގޮސްފައިއެވެ.

އަދި ވަރުގަދަ ފޮޓޯ ތަކަކާއި ވީޑިއޯ ތަކެއްވެސް ވަނީ ވައިރަލް ވެގެން ގޮސްފައިއެވެ. ނިމިދިއަ ހަފްތާގައި ވަނީ މުމްބާއީގެ ދިރުބައި އަންބާނީ އިންޓަނޭޝަނަލް ސްކޫލުގެ އެނުއަލް ޑޭ ސެރޮމޮނީ ބާއްވާފައިއެވެ.

އެ ސެރޮމޮނީގައި ޝާހުރުކް ހާން ގެ ހަގު ދަރިފުޅުގެ ހުށައެޅުމަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިގެން ގޮސްފައިއެވެ. އެ ހުށައެޅުން ބެލުމަށް ޝާހުރުކް އާއި އަންހެނުން ގޯރީވެސް ވަނީގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

މި ހުށައެޅުމުގެ ވަކި ހިސާބަކުން ވަނީ ޝާހުރުކް ގެ ސިގްނޭޗާ ޕޯސް އަށް އަބްރާމް ހުއްޓިފައިއެވެ. މި ހުށައެޅުުގެ ހައިލައިޓް އަކީވެސް މިއެވެ. އެކުދިންގެ ހުށައެޅުންތަށް އަންނަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

މި ސެރެމޮނީގައި ވަނީ ސުކޫލުގެ ދަރިވަރުންގެ ހުށައެޅުންތަށް ދައްކައިލައިފައިއެވެ. މި ސުކޫލަކީ ބޮލީވުޑްގެ ތަރިންގެ ކުދިން ކިޔަވަމުން އަންނަ މަޝްހޫރު ސުކޫލެކެވެ. މި ސުކޫލަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީ ގެ އަންހެނުން ނީތާ އަންބާނީގެ ސުކޫލެކެވެ.

އެއާއިލާއަކީ ބޮލީވުޑްގެ ތަރިންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ އާއިލާއެކެވެ. އެމީހުންގެ ފަންގްޝަން ތަކުގައި އަބަދުވެސް ބޮލީވުޑްގެ އެކި ފަންތީގެ ތަރިން ބައިވެރިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.