އާސަންދައިގެ އެހީގައި މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރުގެ ސިއްޚީ ޚިދުމަތްދޭ މަރުކަޒުތަކުން އެކަނިކަމަށް ކަނޑައަޅައިފި

އާސަންދައިގެ އެހީގައި މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރުގެ ސިއްޚީ ޚިދުމަތްދޭ މަރުކަޒުތަކުން އެކަނިކަމަށް ކަނޑައަޅައިފި

ސަރުކާރުގެ ހެލްތު އިންސޫރަސް ސްކީމް އާސަންދައިގެ ދަށުން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭނީ ސަރުކާރުގެ އެކަނިކަމަށް އާސަންދަ ކުންފުނިން ނިންމައިފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ޢާންމުކުރި، ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު 2 ފަހަރު މެޑިކަލް ޗެކަޕްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުގައި ވާގޮތުން އާސަންދައިގެ ދަށުން ކޮންމެ ރައްޔިތަކަށް ވެސް އަހަރަކު ދެފަހަރު މިހާރު މެޑިކަލް ޗެކަޕް ހެދޭނެއެވެ. އަދި މި ޙިދުމަތަށް އާސަންދަ ލިބޭނީ ސަރުކާރުގެ ހޮސްޕިޓަލަކުން ނުވަތަ ސިއްޚީ މަރުކަޒަކުން ކަމަށްވެސް އުސޫލުގައި ކަނޑައަޅާފައި ވެއެވެ.

ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މެޑިކަލް ޗެކަޕް ހެދުމާއި، ދަރިމައިވުމުގެ ފަރުވާއާއި، ރާއްޖެއިން ބޭރުގައި ފަރުވާ ހޯދާ ހޮސްޕިޓަލު އާސަންދައިގެ ތެރެއިން ބަދަލުކުރެވޭގޮތަށް ހަމަޖައްސަވާނެކަމަށް ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވައުދު ވެފައެވެ. އަދި ސަރުކާރުގެ ހަފްތާ 14 ރޯޑްމެޕްގައިވެސް ވަނީ ހުސްނުވާ އާސަންދައިގެން ދަށުން އިތުރު ޚިދުމަތްތައް ލިބިދެވޭނެ އުސޫލުތައް ގާއިމް ކުރުމަށްވެސް ހިމަނާފައެވެ.

އާސަންދައިން އާންމުކުރި އުސޫލުގައި ބުނާގޮތުން މެޑިކަލް ޗެކަޕްގެ ޚިދުމަތް ފޯރުކޮށްދެވޭނީ ވަކިވަކި ޢުމުރުފުރާތަކަށް ޚާއްޞަކޮށް އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖުތައް، އެ ޢުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއްފަހަރު ބޭނުންކުރެވޭ ގޮތަށެވެ. އަދި ޑޮކްޓަރެއްގެ ލަފާގެދަށުން މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތްތަކަށް އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށްވެސް މެޑިކަލް ޗެކަޕް ހެދޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

މި ޕެކޭޖު އާސަންދައިގެ ދަށުން ލިބިގެންދާނީ މެޑީކަލް ޗެކަޕްގައި ހިމެނޭ ހުރިހާ ޚިދުމަތްތައް ލިބިގަތުމުންނެެވެ. މެޑިކަލް ޗެކަޕްގެ ގޮތުގައި ފޯރުކޮށްދޭ ޚިދުމަތުގެ ނަތީޖާ އާސަންދަ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ޚިދުމަތްދޭ މަރުކަޒުތަކުން އެ ކުންފުންޏާ ހިއްސާކުރަންވާނެކަމަށްވެސް އުސޫލުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *