ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަ ހާމިދު ޝަފީގު އައްޔަން ކުރައްވަފި

ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަ ހާމިދު ޝަފީގު އައްޔަން ކުރައްވަފި

Author
ހުސެއިން
15 ޑިސެމްބަރ 2023 11:34
0

ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރުގެ މަގާމަށް ރިޓަޔާޑް މޭޖާ ޖެނެރަލް ހާމިދު ޝަފީގު އައްޔަން ކުރައްވައިފި އެވެ.

ހާމިދު ޝަފީއުއަކީ އެމްއެންޑީއެފްއަށް 33 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު ސިފައިންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ފަރާތެކެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރުގެ މަގާމަށް ހާމިދު އައްޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.

އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވިއިރު، ހާމިދު ޝަފީގް ވަނީ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްކަން ވެސް ކުރައްވައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.