އިސްތިއުނާފް މައްސަލަ 7 ދުވަސްތެރޭ ނިންމަންޖެހޭ، ރ.ޔާމީންގެ މައްސަލަ ނުނިމި ދޮޅު އަހަރު!

އިސްތިއުނާފް މައްސަލަ 7 ދުވަސްތެރޭ ނިންމަންޖެހޭ، ރ.ޔާމީންގެ މައްސަލަ ނުނިމި ދޮޅު އަހަރު!

Author
މުޙައްމަދު ޖިމީ
13 ޑިސެމްބަރ 2020 10:45
0

ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާ ޙަވާލުކުރާ މައްސަލަތައް ބެއްލެވުމުގައި ލަސްވާކަމަށް ބުނެ އެމައްސަލައް އަވަސްކުރުމަށް ޖޭއެސްސީން އުސޫލެއް އެކުލަވާލާފައިވާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި ޢަމުރު އިސްތިއުނާފުކުރިފަހުން ދޮޅު އަހަރުވެފައިވާކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް ފާޑުވިދާޅުވެއްޖެއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މައްސަލަތައް ލަސްވާ ވާހަކަ ދައްކަވާއިރު، ރައީސް ޔާމީން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާޠިލުކުރުމުން ސުޕްރީމް ކޯޓްގައި އެމައްސަލަ އިސްތިއުނާފުކުރިފަހުން ދޮޅު އަހަރުވެފައިވާކަމަށެވެ. ހައިލަމް ވިދާޅުވީ، އަމުރު މައްސަލަތައް 7 ދުވަސް ތެރޭގައި ނިންމުމަށް އިޖްރާއަތު ޤާނޫނު ލާޒިމްކުރާކަމަށެވެ.

ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާ ޙަވާލުކުރާ މައްސަލަތައް ބެއްލެވުމުގައި ލަސްވާކަމަށް ބުނެ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެ މިންގަނޑެއް އެކޮމިޝަނުން އެކުލަވާލާފައިވާއިރު، އޭގައި ބުނެފައިވަނީ މައްސަލަތަށް ލަސްނުކުރައްވައި ނިންމެވުމުގައި އެކަށީގެންވާ ގޮތަށް ޒިންމާ އަދާކޮށްފައިވޭތޯ ބެލުމުގައި ޖޭއެސްސީން ރިޢާޔަތްކުރާނޭ މިންގަނޑެއް މިދިޔަ ނޮވެމްބަރު 30ވަނަ ދުވަހު ޝާއިޢުކޮށްފައި ވާނެކަމަށެވެ. މި މިންގަނޑާ އެއްގޮތަށް އަންނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލުކުރަންފަށާނެކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

މި މިންގަނޑުގައި ބުނެފައިވާ ކަންކަމުގެ ތެރޭގައި ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ފަނޑިޔާރަކާ މައްސަލައެއް ޙަވާލުކުރާ ދުވަހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި އެމައްސަލާގައި ގޮތެއް ކަނޑައެޅުއްވިފައި ނުވާނަމަ، އެކަން ސަބަބާއެކު ކޯޓުގެ ނުވަތަ ދާއިރާގެ އިސް ފަނޑިޔާރަށް ދަންނަވާފައިވޭތޯއާއި އެގޮތަށް ދެންނެވުމަށްފަހު މައްސަލަ ކުރިއަށްދާ މިންވަރާ ބެހޭގޮތުން އެ ފަނޑިޔާރަކު މަދުވެގެން މަހަކު އެއްފަހަރު އިސް ފަނޑިޔާރަށް މަޢުލޫމާތު އަރުވަމުންގޮސްފައިވޭތޯ ބަލަންޖެހެއެވެ.

މީގެ އިތުރުން އިސް ފަނޑިޔާރަކުނަމަ، އެ ކޯޓުގެ ނުވަތަ ދާއިރާގެ ރިޕޯޓް އެކުލަވާލާފައިވޭތޯ ބެއްލެވުންވެސް އެ މިންގަނޑުގައި ބަޔާންކޮށްފައިވެއެވެ. އަދި މައްސަލަ ނުނިމި ލަސްވާކަމުގެ ޝަކުވާ ހުށަހަޅާފައިވަނީ ޖިނާޢީ މައްސަލައަކާ ގުޅިގެންނަމަ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީޚުތަކާއާއި ގަޑި ކަނޑައަޅައި އެގެ ތާވަލު މައްސަލައިގައި ހިމެނޭ ޚަޞްމުނަށް ދީފައިވޭތޯ ބަލާނެކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

ރައީސް ޔަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގައި، ޤާނޫނުން ލިބިވަޑައިގަންނަވާ ހައްގުތަކަށް ސަރުކާރާއި ކޯޓުތަކުން ހުރަސް އަޅަމުން އަންނަކަމަށް އެމަނިކުފާނުގެ ވަކީލުންނާއި އިދިކޮޅު ފަރާތްތަކުން އަންނީ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.