ސްޓީއޯގެ ބޯޑަށް ބަދަލު ގެނެސް، ޗެއާމަން ކަމަށް ލިލީގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ހަމަޖައްސައިފި

ސްޓީއޯގެ ބޯޑަށް ބަދަލު ގެނެސް، ޗެއާމަން ކަމަށް ލިލީގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ހަމަޖައްސައިފި

Author
ހުސެއިން
06 ޑިސެމްބަރ 2023 06:02
0

އެސްޓީއޯގެ ޗެއާމަނަކަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ހަމަޖައްސައިފި އެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށްވެސް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ މިއަދު ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން ބޯޑުގެ ޗެއާމަންގެ މަގާމުން ހާމިދު ނަޝީދު ވަކިކޮށް، އެ މަގާމަށް އާމިރު މަންސޫރު ހަމަޖެއްސުމުގެ އިތުރުން، އެކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް މުހައްމަދު މުރާދު ވަނީ ހަމަޖައްސާފަ އެވެ.

އެސްޓީއޯގެ ޗެއާމަނަކަށް އައްޔަންކުރި އާމިރު މަންސޫރަކީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ޓެނިސް ކުޅުންތެރިއާ އެވެ. އޭނާ ވަނީ ގައުމީ މުބާރާތްތަކުގައި ގިނަ ވަނަތަކެއް ހޯދާފައެވެ.

އާމިރަށް 2015 ވަނަ އަހަރު ވަނީ ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމުވެސް ލިބިވަޑައިގެންފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.