މަޖިލިހުގެ ދައުރު މި މަހުގެ 18 އަށް ދަންމާލަނީ

މަޖިލިހުގެ ދައުރު މި މަހުގެ 18 އަށް ދަންމާލަނީ

Author
އަހުމަދު
06 ޑިސެމްބަރ 2023 11:51
0

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ދަންމާލަން މިއަދު ވޯޓަށް އަހަން ނިންމައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް މި ދައުރު ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ. އެހެންވެ ވޯޓު ގަޑީގައި މިއަދު އެކަމަށް ވޯޓަށް އަހާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދައުރު ދަންމާލަން ނިންމީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުން ހިމެނޭ ގޮތަށް މުހިންމު މަސައްކަތްތަކެއް އަދިވެސް ކުރަން ހުރުމުން ކަމަށެވެ.

މަޖިލިހުގެ ދައުރު ދަންމާލަން ނިންމި އިރު، ތިން ވަނަ ދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީ އަށް ދާން އޮތީ މާދަމާ އިން ފެށިގެންނެވެ. އެގޮތަށް ނިންމާފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު މަޖިލިހުން ފާސްކޮށްގެންނެވެ.

މަޖިލިހުގެ ގަވައިދުގައި އޮންނަ ގޮތުން ނަމަ، ޑިސެމްބަރު މަހުން ފެށިގެން މަޖިލިހުގެ މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.