ހުޅުމާލޭގައި ހިތްފަސޭހަކަމާއި އެކު ފޮތްކިޔަން ހަޓެއް ގާއިމްކުރަނީ

ހުޅުމާލޭގައި ހިތްފަސޭހަކަމާއި އެކު ފޮތްކިޔަން ހަޓެއް ގާއިމްކުރަނީ

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2020 06:11
0

ހުޅުމާލޭގެ ރަށްވެހިންނަށް ޙާއްޞަކޮށް ކުޑަކުދިންނަށް ޤުދުރަތީ މާޙައުލެއްގައި ވާހަކަ ކިއުމަށާއި ފޮތްގާޑިއާގެ ފަރާތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ހަޓެއް އެޅުމަށް އެޗްޑީސީން ނިންމައިފިއެވެ.

ޗިލްޑްރަން އޮފް މޯލްޑިވްސް އަކީ ހުޅުމާލޭގެ ރަތްޔިތުންނާއި ކުޑަކުދިން ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ވާހަކަ ކިއުމާއި ތަފާތު ޙަރަކާތްތަށް ހިނގުމަށް ފޮތްގާޑިއާ ހިނގަމުންއަންނަށް ފަރާތާއިއެކު މިއަދު އެޗްޑީސީން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިކަމަށް މިއަދު އެޗްޑީސީގައި ބޭއްވުނު ޙާއްސަ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗިލްޑްރަން އޮފް މޯލްޑިވްސްގެ ފަރާތުން އާމިނަތު އިނާޝާ ސަޢީދު އަދި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ޝުހެއިލް އަޙްމަދެވެ.

އެއްބަސްވުމުގެ ދަށުން މިހާރު ފޮތްގާޑިއާ ހިންގުމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދީ ހުޅުމާލޭގެ ރަށްވެހިންނަށް ޙާއްޞަކޮށް ކުޑަކުދިންނަށް ޤުދުރަތީ މާޙައުލެއްގައި ވާހަކަ ކިއުމަށާއި ފޮތްގާޑިއާގެ ފަރާތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ހަޓެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ޗިލްޑްރަން އޮފް މޯލްޑިވްސްއިން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހަޓު ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ސަގާފަތާއި އިހުޒަމާނުންސުރެއް ރަށްރަށުގެ އަތިރިމަތީގައި ހަދާފައި ހުންނަށް އޮޑި ހަރުގެއިން މިސާލު ނަގައިގެންނެވެ. މި ހަޓު ހެދުމަށް ހަމަޖެހިފައިވާނީ ބީޗް ސަރަޙައްދުގެ މާޙައުލާއި ގުޅިގެން ދާނެހެނެވެ.

އަދި މިތަން ތަރައްޤީކުރުމުގައި އެޗްޑީސީގެ ސީއެސްއާރް ކޮންޕޯނަންޓެއްގެ ގޮތުގައި މަސައްކަތްތަކައް ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް މި ހަޓުގައި ފޮތްގާޑިއާގެ ފަރާތުން ހަފުތާތަކަށް ބަހާލައިގެން ކުޑަކުދިންނާއި އިސްރަށްވެހިންނާއި ގުޅުން ހުރި ތަފާތު އަތްތެރި މަސައްކަތް ދަސްކޮށްދިނުން ފަދަ ހަރާކާތްތަށް ހިންގުމަށް ވަނީ އެއްބަސްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.