އީވާ ރިޔާސަތާއި ހަވާލު ނުވިޔަސް، ނިޒާމު ގެއްލުވާލިޔަސް ނަޝީދު ރިޔާސަތުން ދުރުކުރާނެ: އަލީ ނިޒާރު

އީވާ ރިޔާސަތާއި ހަވާލު ނުވިޔަސް، ނިޒާމު ގެއްލުވާލިޔަސް ނަޝީދު ރިޔާސަތުން ދުރުކުރާނެ: އަލީ ނިޒާރު

Author
ހުސެއިން
27 އޮކްޓޯބަރ 2023 10:52
0

އަންނަ އާދީއްދަ ދުވަހަށް އެޖެންޑާ ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދިއުމަށް މަޖިލިހުގެ ނާއިބުު ރައީސް އީވާ ރިޔާސަތާއި ހަވާލު ނުވިނަމަވެސް، ނުވަތަ އެދުވަހު މަޖިލިހުގެ ނިޒާމު ގެއްލުވާލި ނަމަވެސް، ނަޝީދު މަޖިލިސް ރިޔާސަތުން ދުރުކުރުމުގައި އެމްޑީޕީން ފަހަތަށް ނުޖެހޭނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އުޅެގެން އެމްޑީޕީން އަނެއްކާވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން އަލީ ނިޒާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ނިޒާމުވެސް ގެއްލުވާލެވިދާނެ ކަމަށާއި، އަދި ނައިބު ރައީސަށް ރިޔާސަތަށްވެސް ނޭރިދާނެކަމުގައެވެ.

އެހެންނަނަމަވެސް އެ ހާލަތަށްވެސް އެމްޑީޕީން ހައްލު ހޯދާފައިވާކަމަށް ވިދާޅުވަމުން އަލީ ނިޒާރު ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ފަހަތަށް ޖެހުމެއް ނެތްކަމުގައެވެ.

ނައިބް ރައީސް ޖަލްސާގެ ރިޔާސަތަށް ނޭރުން ނުވަތަ ޖަލްސާގެ ނިޒާމު ގެއްލުވާލުން އެއީ ކުރެވިދާނެ ކަމެއް. އެ 2 ކަމަށް ވެސް އެމް.ޑީ.ޕި ގެ ހައްލު އެބައޮތް. ފަހަތަށް ޖެހުމެއް ނެތް.

އަލީ ނިޔާޒު ވިދާޅުވިއެވެ.

އެހެންނަމަވެސް މަޖިލިސް ޖަލްސާ ހުއްޓުވާ އަދި، ނާއިބު ރައީސް އާވާ މަޖިލިސް ބޭއްވިޔަ ނުދީފިނަމަ ދެން އަމަލުކުރާނެ ގޮތެއް ނިޔާޒު ވިދާޅުވެފައެއް ނުވެއެވެ.

އަންނަ އާދީއްތަ ދުވަހަށް މިހާރު އެޖެންޑާ ކޮށްފައިވާ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް އެކަންޏެވެ. މި ޖަލްސާގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މެންބަރުންނަށް ފޮނުވާފައެވެ. އާދީއްތަ އަކީ ޢާންމުކޮށް ޖަލްސާ އޮންނަ ދުވަހެއް ނޫނެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގަިއ ބުނަނީ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމުން ރަސްމީ ބަންދޫން ދުވަހެއްގައި ޖަލްސާ ބާއްވަން ވާނެކަމަށެވެ.

އެމްޑީޕީން ތުހުމަތުކުރަނީ އެ ޖަލްސާއަށް މަޖިލީހުގެ ނާއިބު ރައީސް ވަޑައިނުގަތުމަށް މަސައްކަތްކުރާކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅައި އެމައްސަލަ ކުރިއަށް ގެންދާނަމަ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށެވެ.

މީގެ ކުރިންވެސް މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް، އިތުބާރު އޮތްކަމަށް ބުނެ އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

މިފަހަރު ހުށައެޅީ ނަޝީދުގެ އިތުބާރު ނެތްކަމަށް އެކަންޏެވެ. އެ މައްސަލަ ހުށައެޅީ އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށްފައެވެ.

އެމްޑީޕީން ބުނެފައިވަނީ މިހާރު ހުށަހެޅިފައިވާ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަސް ނުގެންގޮސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ނައިބު ރައީސް ހުވާކުރައްވައިފިނަމަ ހުވާގެ ސައްހަކަން ބަލައި ނުގަންނާނޭ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.