އަޔެކްސްގެ މައްޗަށް ކުރިހޯދާ އެޓްލާންޓާއިން ދެވަނަބުރަށް

އަޔެކްސްގެ މައްޗަށް ކުރިހޯދާ އެޓްލާންޓާއިން ދެވަނަބުރަށް

Author
އިބްރާހީމް ސާޢިދު
10 ޑިސެމްބަރ 2020 10:48
0

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަޔެކްސްގެ މައްޗަށް ކުރި ހޯދާ އެޓްލާންޓާއިން މުބާރާތުގެ ދެވަނަބުރުން ޖާގަހޯދައިފިއެވެ.

ގުރޫޕްގެ ފަހު މެޗުގައި ރަށުން ބޭރުގައި އެޓްލާންޓާއިން ކުރި ހޯދީ އަޔެކްސްއާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު އެޓްލާންޓާއިން ކާމިޔާބުކުރީ މެޗު ނިމެން ފަސްމިނިޓަށް ވެފައިވަނިކޮށް ލުއިސް މުރިއެލްއެވެ. މެޗުގައި ދެވަނަހާފްގައި އަޔެކްސްގެ ރަޔާން ރަވަންބާޗް އަށް ވަނީ ދެ ރީނދޫކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާ ވެގެންގޮސްފަވަނީ މުބާރާތުގައި ރަތްކާޑު ދައްކާ ދަނޑުންފޮނުވާލި ދެވަނައަށް އެންމެ ޒުވާންކުޅުންތެރިޔާއަށެވެ.

އެޓްލާންޓާއިން މުބާރާތުގެ ދެވަނަބުރުން ޖާގައި ހޯދީ ކުޅުނު ހަ މެޗުން 11 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައިއެވެ. މިގުރޫޕުން ދެން ދެވަނަ ބުރުން ޖާގަހޯދީ ލިވަޕޫލްއެވެ. އެޓްލާންޓާއިން މިދިޔަ ސީޒަންގައި މުބާރާތުގަ ވާދަކޮށް ވަނީ ކުއާޓަރ ފައިނަލާހަމަޔަށް ދަތުރުކޮއްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.