1100 އެތުލީޓުންނާއިއެކު އެސްޓީއޯ މަކިޓަރ ޖޫނިރ ޗެމްޕިއަންޝިޕް ފަށައިފި

1100 އެތުލީޓުންނާއިއެކު އެސްޓީއޯ މަކިޓަރ ޖޫނިރ ޗެމްޕިއަންޝިޕް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2023 12:57
0

އެސްޓީއޯ މަކިޓަރ ޖޫނިރ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު މޫސުން ގޯސްވުމާއި ގުޅިގެން މިރެއަށް ވަނީ ފަސްކޮށްފައެވެ. ނަމަވެސް މުބާރާތުގެ އިވެންޓުތައް ފެށުމުގެ ކުރިން މިއަދު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، މުބާރާތުގެ ލަވަ ލޯންޗުކޮށްފައެވެ. މުބާރާތުގެ ލަވަ ހުށަހަޅައިދިނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔަ ޝަލަބީ އާއި އަޝްރާއެވެ.

މުބާރާތް ފެށުމަށްޓަކައި ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި، ކައުންސިލަރުންނާއި، އެތްލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވިއެވެ.

ކުޅުދުއްފުށި ސިޓީގައި ބާއްވާ މިމުބާރާތުގައި 35 ސްކޫލަކުން ވާދަ ކުރެއެވެ. މުބާރާތުގައި 1124 އެތުލީޓުން ވާދަ ކުރެއެވެ. މުބާރާތުގައި ވާދަކުރަނީ 505 އަންހެން އެތުލީޓުންނާއި، 619 ފިރިހެން އެތުލީޓުންނެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ 20:15 ގައި ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމްގައި އޮންނާނެއެވެ. މިމުބާރާތް ކުރިއަށް ދާނީ މިމަހުގެ 15 އިން 20ގެ ނިޔަލަށެވެ. މުބާރާތް ނިންމުމަށްވެސް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.