ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް އޮންނަވާނީ މާލެ ސިޓީ ކައުންސިލްގެ ދަށުގައިކަމަށް އަބަދުވެސް ޤަބޫލުކުރައްވާކަމަށް ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި މުނިސިޕަލްގެ ހުރިހާ ޚިދުމަތެއް ދެނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާބަންކޯ)އިންނެވެ. މިހާރުގެ މާލެ ސިޓީ ކައުންސިލުން ވަނީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް އެ ކައުންސިލްގެ ދަށަށް ގެންދިއުމަށް މަސައްކަތްކުރާކަމަށާއި، ނަމަވެސް ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމަށް ބުނެފައެވެ.
ރޭ މަލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއެކު ބޭއްވި ވަދާޢީ ބައްދަލުވުމުގައި މޭޔަރު އަދި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ މިސަރުކާރުން ކައުންސިލްތައް ހިންގުމަށް ދޭންޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ނުދިން ނަމަވެސް، އަންނަ ސަރުކާރުން ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުންދީ އެއްވެސް ހުރަހެއް ނެތި ކައުންސިލްތަކުގެ ޒިންމާތައް އަދާކުރުމުގެ މަގު ފަހިކޮށް ދެއްވާނެކަމަށް ވިދާޅުވެފައެވެ.
މި ވާހަކަފުޅައި ގުޅިގެން އަލީ ނިޔާޒް ވިދާޅުވީ، ހުޅުމާލެ މުނިސިޕަލް ޚިދުމަތްދިނުން ސިޓީ ކައުންސިލްދަށަށް ގެންދަންޖެހޭކަން އެއީ ހުޅުމާލޭގެ ނަތީޖާއިން ފެންނަ ހަޤީގަތްކަމަށެވެ. އާސަރުކާރުގެ 100 ދުވަހުގެ ޕްލޭންގަ މިކަން ހިމަނާނެކަމަށް އުއްމީދުކުރާކަމަށްވެސް އަލީ ނިޔާޒް ވިދާޅުވިއެވެ.
– އަލީ ނިޔާޒް ވިދާޅުވިއެވެ.
އަލީ ނިޔާޒް ވަނީ މިމަގަށް އޭނާ މަސއްކަތްކުރެއްވިކަމަށެވެ.
– އަލީ ނިޔާޒް ވިދާޅިވިއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކަމަށް އިންތިޚާބު ވުމަށްފަހު މާލެ ސިޓީ ކައުންސިލްގެ މުވައްޒިފުންނާއި މާލޭގެ މޭޔަރުގެ ހައިސިއްޔަތުން އެންމެ ފަހު ފަހަރަށް ބައްދަލު ކުރައިވަ ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރާއި ބައި ތެރޭގައި ކައުންސިލުން ބޮޑެތި ގޮންޖެހުންތަކަކާއެކު ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ ކައުންސިލްގެ މަސައްކަތްތައް މިހާރަށް ވުރެ މާ ރަނގަޅަށް ފުރިހަމަ ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މަގުތައް ހުންނާނީ ހެދިފައި. ޕާކިން އެތައް ބިލްޑިންއެއް އެޅި ބޮޑު ހައްލެއް އޮންނާނީ ގެނެވިފައި. އެތައް ކަމެއް ހުންނާނީ ނިމިފައި.
– މުއިއްޒު ވިދާޅުވިއެވެ.
އެކަންކަން ހައްލު ނުވީ މުއިއްޒު ވިދާޅުވި ގޮތުގައި އެންމެ ފަހު ހުއްދަ ދޭން ޖެހޭ ބޭފުޅުން އެ ހުއްދަ ނުދިނުމުންނެވެ. ސަރުކާރުގެ ފަރާތުން އެ އެއްބާރުލުން ލިބުނު ނަމަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައި އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރު ގާއިމްވުމުން ހަގީގީ މާނައިގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދެމުން އަންނަތަން ރައްޔިތުންނަށް ފެންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ކޮންމެ ކައުންސިލެއްގެ ވެސް ހުރިހާ މަސައްކަތްތަކެއް އެންމެ ބާރު މިނުގައި ކުރިޔަށް ގެންދެވޭ ގޮތަށް ސަރުކާރުން ކަންކަން ފަހި ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
One Response
ތިޔަ އާދަންކޯ އަކީ ވޯޓު ހޯދުމަށް ބައިގިނަކުރާ، ބޭނުމެއްނެތް ބޮޑު ބައިގަނޑެއް.
ދުވާލު އޮފީސް ޑިއުޓީން ވީއްލާފައި، ކުރާ މަސައްކަތަކީ ރޭގަނޑު ދަންވަރު ދިދަފަތި ދެމުން.