ޢަމާޒަކީ އެމްޑީޕީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ހޯދައިދީ، 2028ގެ ވެރިކަން ހޯދައިދިނުން: ރައީސް

ޢަމާޒަކީ އެމްޑީޕީއަށް މަޖިލީހުގެ އަޣްލަބިއްޔަތު ހޯދައިދީ، 2028ގެ ވެރިކަން ހޯދައިދިނުން: ރައީސް

ޢަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ހޯދައިދީ، 2028ގެ ވެރިކަން އެމްޑީޕީއަށް ހޯދައިދިނުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކާމިޔާބީއާއި ނާކާމިޔާބީއަކީ އެކީ އުފަންވެފައިވާ އެއްޗެއްކަަމށެވެ. ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާއެކު ނާކާމިޔާބީއާވެސް ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވާ ރައީށް ވިދާޅުވީ ނާކާމިޔާބިއަކީ އެޕާޓީއަށް އައު ކަމެއް ނޫންކަމަށެވެ. ޑިމޮކްރަސީގައި އިދިކޮޅުގެ ދައުރަކީވެސް މުހިންމު ދައުރެއްކަމަށާއި، އެއީ ވެރިކަން ހިންގުމުގެ އެއް ބާރުކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިދިކޮޅު ޕާޓީގެ ދައުރު ޒިންމާދާރުކަމާއެކު ކުރާނެކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ޢަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ހޯދައިދީ 2028 ވަނަ އަހަރު އެޕާޓީން ވެރިކަމަށް އައުންކަމަށެވެ. އެކަމަށް އެޕާޓީއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސުލްހަވެރިކަމާއެކު ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަަމަށް އެއްބާރުލުން ދެއްވާނެކަމަށެވެ. އެގޮތުން އައު ރައީސް ހުވައި ކުރުމާއި ހަމައަށްވެސް އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *