ވާދޫގައި ވޯޓު ފޮށި ފަޅާލައިފި

ވާދޫގައި ވޯޓު ފޮށި ފަޅާލައިފި

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2023 05:23
0

މިއަދު ކުރިއަށްދާ އިންތިޚާބުގައި ގދ. ވާދޫގައި ބަހައްޓާފައިވާ ވޯޓު ފޮށި ފަޅާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައިމިހާދިސާ ހިނގާފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. ވޯޓު ގުނަން ތައްޔާރު ވުމާއި ގާތްވެފައިވާ ވަނިކޮށް މިކަން ހިނގީ ހިޔާލް ތަފާތުވުމެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންނާއި އިލެކްޝަންސް އޮފިޝަލުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. މިވަގުތު އެމަރުކަޒު ވަނީ ބަންދުކޮށް އިލެކްޝަނާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަމާއި ގުޅޭ ގޮތުން އިލެކްޝަނުން އަދި ވަކި އެއްޗެއް ބުނެފައި ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ މިމައްސަލަ ތަހުގީގް ކުރަމުންދާ ކަމަށާއި، ވޯޓު ފޮށި ފަޅާލި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.