ސަރުކާރަށްވެސް މިހާރު އޮތް އެންމެ ބުއްދިވެރިގޮތަކީ މުޢިއްޒަށް ތާޢީދުކުރުން: ޢަލީ ރަމީޒް

ސަރުކާރަށްވެސް މިހާރު އޮތް އެންމެ ބުއްދިވެރިގޮތަކީ މުޢިއްޒަށް ތާޢީދުކުރުން: ޢަލީ ރަމީޒް

ގުޅުންހުރި

މިސަރުކާރަށްވެސް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާޢީދުކުރުންކަމަށް، ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ޢަލީ ރަމީޒް މިހެން ވިދާޅުވެފައިމިވަނީ، ކުރިއަށް އޮތް ރިޔާސީ ދައުރަށް އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ކެމްޕެއިންކުރަމުން ދިޔަ އެމްޑީއޭ، އެ ކޯލިޝަނުން ވަކިވެ ޑރ.މުޙައްމަދު މުޢިއްޒަށް ތާޢިދުކުރަން ނިންމުމާއި ގުޅިގެންނެވެ.

ޢަލީ ރަމީޒް ވިދާޅުވީ، މިހާރު މިސަރުކާރަށްވެސް އޮތް އެންމެ ބުއްދިވެރިގޮތަކީ ޑރ.މުޢިއްޒަށް ތާޢީދުކުރުންކަމަށާއި، އަދި އެކަން ވީހާވެސް އަވަހަށް އިޢުލަންކުރުންކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހާއިއެކު ބައިއަތު ހިފާފައިވާ އެމްޑީއޭއިން ދެވަނަ ބުރުގައި ރައީސް ޞާލިހާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލައި ކޯލިޝަނުން ރޭ ވަނީ ވަކިވެފައެވެ.

އެމްޑީއޭގެ މިނިންމުމާއިއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހާއިއެކު ކޯލިޝަންގައި މަސައްކަތް ކުރާނީ އަދާލަތު ޕާޓީން އެކަންޏެވެ. ދެވަނަ ބުރުގެ ކެމްޕޭންގައި އެމްޑީއޭގެ ލީޑަރު އެއްވެސް ވަރަކަށް ނުފެންނަ އިރު، އެމްޑީއޭއިން މާބޮޑަކަށް ދެވަނަ ބުރުގެ ކެމްޕޭންގައި ޝާމިލްވާތަންވެސް ފެނިފައި ނުވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ޕީޕީއެމް/ޕީއެންސީއާއިއެކު ކޯލިޝަން ހަދާފައިވަނީ އެމްއެންޕީންނެވެ. ނަމަވެސް އެހެން ގިނަ ޕާޓީތަކުގެ އިސްބޭފުޅުންނާއި އާންމު މެމްބަރުން ދަނީ މުއިއްޒަށް ތާއީދުކުރާކަން ހާމަ ކުރަމުންނެވެ. އެގޮތުން ޑިމޮކްރެޓްސްގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމްގެ ގިނަ ބޭފުޅުންވެސް ދަނީ މުއިއްޒަށް ތާއީދު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ