ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ސިޔާސީ ޕާޓީތަކާއިއެކު ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް އިންތިޚާބުން ތިން ވަނައަށް ދިޔަ ދަ ޑިމޮކްރެޓްސް އިން ނިޒާމީ ވޯޓެއް ނެގުމަށް އެދިއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގައި ބަރުލަމާނީ ނިޒާމު އޮތުމަށް ތާއީދު ކުރާ ބަރުލަމާނީ ނިޒާމު ގެނައުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ލީޑަރެކެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ޕާޓީތަކާއި ކޯލިޝަން ހެދުމަށް އިންތިޚާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުން މަސައްކަތް ކުރާ ދަނޑިވަޅެއްގައި އިލްޔާސް ވިދާޅުވީ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން ނިޒާމީ ވޯޓު ނަގަން ޖެހޭކަމަށް ފެންނަ ކަމަށެވެ.
ދެވަނަ ބުރުގެ ކުރީގައި ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ދެކެން.
– އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސްގެ މި ޓުވީޓު ރައީސް ނަޝީދުގެ އަނެއްދިވެހިރާއްޖެ އެކައުންޓުން ހަމަ އެވަގުތު ވަނީ ރި ޓުވީޓުވެސް ކުރައްވާފައެވެ. ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ ޚިޔާލް ހޯދުމުގެ ވޯޓެއް ނެގުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް މިދިޔަ ހަފްތާގައި އިލްޔާސް ވަނީ ހުށަހަޅުއްވާފައެވެ.
އިލްޔާސްގެ ޤަރާރުގައި ވިދާޅުވީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ޤާނޫނު އަސާސީއަށް 15 އަހަރުވެފައިވާއިރު އެ ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށިފަހުން ބޭއްވުނު ކޮންމެ އިންތިޚާބެއްވެސް ރައްޔިތުން ވޯޓު ދޭންޖެހިފައިވަނީ ރަނގަޅު ސިޔާސަތުތަކަށް ނޫންކަމަށާއި، އެއިރެއްގައި އޮންނަ ވެރިކަން ބަދަލު ކުރުމަށް ކަމަށެވެ.
އިލްޔާސްގެ ގަރާރުގައި ބުނެފައިވަނީ މިހާތަނަށް ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި އިންތިހާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާ އެއްބަސްވުންތައް ހެދުމާއި ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު ތަފާތުވުން އުފެދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާޢި ގައުމަށް ގެންނަންޖެހޭ ތަރައްގީއާއި ދިމިގުރާތީ ނިޒާމެއްގައި މަސައްކަތްކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތް ކުރަމުން އައިސްފައިނުވާ ކަމަށެވެ.
މަޖިލީހަށް ހުށަހެޅި ގަރާރުގައި މިއަހަރުގެ ނޮވެމްބަރު 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އިލްޔާސް ވަނީ ހިމަނުއްވާފައެވެ. ހަމަ މިއާއެކު ގަރާރުގައި ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ގާނޫނު ހެދުމުގެ އާންމު ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންތައްތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބޭކަން ފާހަގަކޮށްފައެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.
ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
3 Responses
ބަރުލަމާނީ ގައި ހުރި ރަނގަޅު ސިފަތަށް ރައްޔިތުންނަށް ތަޢާރަފުވާންޖެހޭ! ޙަމައެކަނި ނިޒާމު ބަދަލުކުރުމޭ ބުނުމަކުން ނުފުދޭ!
15000 ހުގެ 7 % ވޯތުގެ ޕާޓީއެއް. އަގެއް ނެތް.
އަބަދު ނިޒާމީ ނިޒާމީ ބަރުލަމާނީ ބަރުލަމާނީ
މިއީ ކީއްވެގެން ވެރިކން ނުލބިގެން އުޅޭބައެއް. އަހަރެމެންގ ވެރިކަން ނުކޮށް ރަށަށް ކޮފިބަލަ